Roadha Mihaaru
ހިޔާއަށް ނެގި ލޯނުތަކުގެ އިންޓަރެސްްޓަަށް 888 މިލިއަން

ހިޔާ މަޝްރޫއުގެ ލޯނުތަކުގެ އިންޓަރެސްޓަށް 888 މިލިއަން ރުފިޔާ ދައްކައިފި

23 އޮކްޓޯބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓްތައް އިމާރާތް ކުރަން ނެގި ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 888.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓްތައް އިމާރާތް ކުރަން ނެގި ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 888.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ އަގު ކަނޑައެޅި ގޮތް ބަލަން ކުރި އޮޑިޓަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓްގައި ބުނީ، ހިޔާ މަޝްރޫއަށް ފުރަތަމަ ނެގި ލޯނުތަކަށާއި އޭގެ ފަހުން ރިފައިންނޭސް ކުރަން ނެގި ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި 2018 ވަަނަ އަހަރުން ފެށިގެން މިދިޔަ މާޗު މަހުގެ ނިޔަލަށް 888.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. ފްލެޓްތަކުގެ އަގު އެޗްޑީސީން ކަނޑައެޅީ އެ ފައިސާ ވެސް ހިމަނައިގެންނެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، ހިޔާ މަޝްރޫއަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިން 368.9 މިލިއަން ޑޮލަރުގެ ލޯނަކާއި ކްރެޑިޓް ސުއިސްް އޭޖީ ސިންގަޕޯ ބްރާންޗް (ސީއެސް) އިން 65.1 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި ވެ އެވެ. އެ ލޯނުތަކުގެ ޖުމުލައަކީ ދިވެހި ރުފިޔާ އިން ބަލާ ނަމަ 6.7 ބިލިޔަން ރުފިޔާ އެވެ.

ހިޔާ މަޝްރޫއަށް ރީފައިނޭންސް ކުރުމަށްޓަކައި 2018 އާއި 2019 ގައި ފިނޭންސް މިނިސްޓްރީން އެޗްޑީސީ އަށް 267.8 މިލިއަން ރުފިޔާ ދީފައި ވެ އެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ހިޔާ މަޝްރޫއުގެ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު އިންޓަރެސްޓް ރޭޓެއްގައި ނަގާފައި ވަނީ ފިނޭންސް މިނިސްޓްރީން [ދައުލަތުން] ނެގި ލޯނުތަކެވެ. އެ މިނިސްޓްރީން އޮކްޓޯބަރު 18، 2018 ގައި 94 މިލިއަން ރުފިޔާގެ ލޯނެއް ދިނީ ނުވަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓާއެކު ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އޭގެ ފަހުން ޖެނުއަރީ 28، 2019 ގައި 29.9 މިލިއަން ރުފިޔާ ދޫކުރީ 10 ޕަސެންޓްގެ އިިންޓަރެސްޓާއެކު ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ހަމަ އެ އަހަަރުގެ އޭޕްރީލް 18 ގައި 106.4 މިލިއަން ރުފިޔާ ދޫކުރީ 10 ޕަސެންޓް އިންޓަރެސްޓް ރޭޓާއެކު ދެ އަހަރު ދުވަހުގެ ތެރޭގައި ދައްްކާ ގޮތަށް ކަމަށާއި ޖުލައި މަހު 37.4 މިލިޔަން ރުފިޔާ 10 ޕަސެންޓް އިންޓަރެސްޓާއެކު އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ދޫކުރި ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

ހިޔާ މަޝްރޫއުގެ ރިފައިނޭންސަށް ދައުލަތުން މިހާ ބޮޑު އިންޓަރެސްްޓް ރޭޓެއްގައި ލޯނު ދޫކުރިއިރު، އެ މަޝްރޫއަށް ޗައިނާގެ ބޭންކްތަކުން ލޯނު ދޫކޮށްފައި ހުރީ އެލްއައިބީއޯއާރް މިންގަނޑުން 3.3 ޕަސެންޓްގެ ރޭޓުންނެވެ.

ލޯނުތަކުގެ އިންޓަރެސްޓަށް ދައްކާ ފައިސާ ހިމަނައިގެން އެޗްޑީސީން ހިޔާ ފްލެޓްގެ ޔުނިޓެއްގެ އަގު ކަނޑައަޅާފައި އޮތީ 20 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 11،000ރ ދައްކާ ގޮތަށެވެ. އޭގެ ފަހުން ސަރުކާރުން ނިންމީ 25 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 8،500ރ ދައްކާ ގޮތަށެވެ.

ރިޕޯޓްގައި ބުނީ، އެޗްޑީސީ އަށް މާލީ ގޮތުން ގެއްލުމެއް ނުލިބި ފްލެޓްތަކުގެ އަގު އެޗްޑީސީ އަށް ހަމައަށް ލިބޭނީ އެ ކުންފުނިން ކަނޑައެޅި އަގު ނެގުމުން ކަމަށެވެ. އެކަމަކު ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ރޭޓުން ފައިސާ ދައްކާ ނަމަ 138 މިލިއަން ރުފިޔާ ޑެފިސިޓްވާނެ ކަމަށާއި ޔާމީންގެ ސަރުކާރުން ކަނޑައެޅި ގޮތަށް މަހަކު 6،500ރ ދައްކާ ނަމަ 9.2 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ ކަމަށް ވެސް ބުންޏެވެ.