25 ސެޕްޓެމްބަރ 2019
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރަން "ތްރީ ޖެނެރޭޝަން" ގެ ނަމުގައި ހިނގާލުމެއް ބާއްވަން ޕެންޝަން އޮފީހުން ތައްޔާރުވެއްޖެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރަން "ތްރީ ޖެނެރޭޝަން" ގެ ނަމުގައި ހިނގާލުމެއް ބާއްވަން ޕެންޝަން އޮފީހުން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން ބާއްވާ މި ހިނގާލުމުގައި، އުމުރުން ދުވަސްވީ މީހުންނާއި އެމީހުންގެ އާއިލާތަކުން ބައިވެރިވާނެ އެވެ. ހިނގާލުން އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، އުމުރުން ދުވަސްވީ މީހުންގެ ހިދުމަތުގެ އަގުވަޒަން ކުރުމާއި އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައިދިނުމަކީ މި ހިނގާލުމުގެ ބައެއް މަގްސަދުތަކެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުން ވެސް ހިމެނެ އެވެ.
ހިނގާލުމުގައި ބައިވެރިވާ މީހުންނާއި އާއިލާތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ހޮވާލެވޭ ތިން ނަސީބުވެރިޔަކަށް 2،000ރ ހުށަހަޅާފައި ވާއިރު ތިން ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އާއިލާ އަކަށް 3،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ އުމުރުގެ މީހަކު ހިމެނޭ އާއިލާ އަށް ވެސް 3،000ރ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިނގާލުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕެންޝަން އޮފީހުގެ ވެބްސައިޓު (https://en.pension.gov.mv) މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުން 18ގައި
މުސްކުޅިންނަށް އެހީވުމުގައި ޕެންޝަނުން ނަމޫނާ ދައްކަނީ
އުމުރުން ދުވަސްވީ މީހުންގެ އާބާދީ 20،500 ގައި
ގަދަރުވެރިކަމާއެކު އެކު ދުވަސްވުން
ހަސަންބެގެ ހިޔާލަށް ތާއީދު ކުރަންތަ؟
ދުވަސްވީ މީހުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައިފި
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމުގެ ތުހުމަތު!