25 ސެޕްޓެމްބަރ 2019
އެތައް އަހަރަކުން ބޮޑުވާ ގަހެއް، ފަރުނީޗަރެއް ޖަހަން ކަނޑާލުމަކީ ހަގީގަތުގައިި ވެސް ކުޑަ ގެއްލުމެއް ނޫނެވެ. އެކަމަށް ގަހެއް ކަނޑާލައި، ބޭނުންވާ ކަހަލަ ފަރުނީޗަރެއް ހަދައި ނިންމައިލާ އިރު ގަހުން އެތައް ބައެއް ބޭކާރު ވެސް ވެފައި ހުރެދާނެ އެވެ.
އެތައް އަހަރަކުން ބޮޑުވާ ގަހެއް، ފަރުނީޗަރެއް ޖަހަން ކަނޑާލުމަކީ ހަގީގަތުގައިި ވެސް ކުޑަ ގެއްލުމެއް ނޫނެވެ. އެކަމަށް ގަހެއް ކަނޑާލައި، ބޭނުންވާ ކަހަލަ ފަރުނީޗަރެއް ހަދައި ނިންމައިލާ އިރު ގަހުން އެތައް ބައެއް ބޭކާރު ވެސް ވެފައި ހުރެދާނެ އެވެ.
ނަމަަވެސް މިއޮތީ މިކަމަށް މުޅިން ތަފާތު ހައްލެކެވެ. އިނގިރޭސިވިލާތުގެ ދެމަފިރިއަކު އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ "ފަރުނީޗަރު" ހެއްދުމެވެ. މާނައަކީ މިއީ ވަޑާމުގެ އެއްވެސް މަސައްކަތަކާ ނުލައި، ރީތި ޑިޒައިނެއްގެ ފަރުނީޗަރެއް ގަންނަން ލިބުމެވެ.
މި މަސައްކަތުގެ މުގުލުގައި ތިބީ އިނގިރޭސިވިލާތުގެ މިޑްލޭންޑްސްގެ ޑާބީޝަޔާގައި ދިރިއުޅޭ ގެވިން މުންރޯ އާއި އަންހެނުން އެލީސް މުންރޯ އެވެ.
މި މަސައްކަތަކީ ކުރިން ގެވިން އެކަނި، 2006 އިން ފެށިގެން ކުރަމުން އައި މަސައްކަތެކެވެ. އެކަމަކު އޭގެ ހަ އަހަރު ފަހުން ކައިވެނިކޮށް މިހާރު "ފަރުނީޗަރު ހައްދަނީ" ދެމަފިރިންވެގެންނެވެ. މި މަސައްކަތަށް ހާއްސަ ކުންފުންޏެއް ވެސް "ފުލް ގްރޯން" ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އިރު، މިއީ އެ މީހުންގެ ފުލްޓައިން ވަޒީފާއެކެވެ.
ގެވިން.
ގާތްގަނޑަކަށް ދެ އޭކަރުގެ ބިމުގައި "ހައްދާ ފަރުނީޗަރު"ގެ ތެރޭގައި ގޮނޑި އާއި މޭޒާއި ލޭމްޕް ސްޓޭންޑް ފަދަ އެއްޗެހި ހިމެނެ އެވެ. މިހާރު ވެސް ދަނޑުގައި 250 ގޮނޑި އާއި 50 މޭޒާއި 100 ލޭމްޕް ސްޓޭންޑް ހުރީ ހައްދައިފަ އެވެ. އެކަމަކު އެތަކެތި ކަނޑާވަރުވާނީ 2022 ގަ އެވެ.
މިއީ ބުރަ މަސައްކަތަށްވާތީ ފަރުނީޗަރުތަކުގެ އަގު އެހާ ހެވެއް ނޫނެވެ. އެކަމަކު ތިމާވެއްޓަށް ލޯބިކުރާ މީހުން އަގުތަކާ މެދު ޝަކުވާއެއް ނުކުރާނެ އެވެ. ގޮނޑިތައް ވިއްކަނީ އާންމުކޮށް 10،000 ޕައުންޑް (12،480 ޑޮލަރު) އަށެވެ. މޭޒުގެ އަގުތައް އުޅެނީ 2،500-12،500 ޕައުންޑް (3,120-15,600 ޑޮލަރު) އާ ދޭތެރޭގަ އެވެ. ލޭމްޕް ސްޓޭންޑްގެ އަގުތައް އުޅެނީ 900-2،300 ޕައުންޑް (1,120-2,870 ޑޮލަރު) އާ ދޭތެރޭގަ އެވެ.
ގެވިން އާއި އެލީސް ކިޔައިދިން ގޮތުގައި އެ މީހުން ފަރުނީޗަރު ހައްދަނީ ގަސް އިންދާ ހިސާބުން ފެށިގެން އޭގެ މޫތައް ފެތުރޭ ގޮތާއި ގޮފިތައް ފަޅައި ހެދެމުންދާ ގޮތް ދަސްކޮށްގެންނެވެ. އެހެންވެ އޭގެ ތެރެއިން މިހާރު ރީތި ބައްޓަންތަކަށް މޭޒެއް، ގޮނޑިއެއް ހެއްދުމަކީ މިހާރު މާ އުނދަގޫކަމެއް ނޫނެވެ. ނަމަވެސް މީގެ އެއްޗެއް ހައްދަން ގާތްގަނޑަކަށް 6-9 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ އެވެ.
ގެވީން އާއި އެލީސްގެ ދަނޑުގައި މީހަކު މަސައްކަތްކުރަނީ.
އެހެންވެ މިއީ ހަގީގަތުގައި ކެތްތެރިކަމާ އެކު ކުރަން ޖެހޭ ބުރަ އަދި އެހާމެ ކަވި މަސައްކަތެކެވެ.
"ހަގީގަތުގައި މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަރުނީޗަރު ހައްދަން ގަސްތައް ކަނޑާލުމުގެ ބަދަލުގައި ފަރުނީޗަރެއް ގޮތަށް ގަސް ހައްދައިގެން އޭގެ ބޭނުންކުރެވޭތީ މިހެން ހެދުމުން އިސްރާފުވުމުގެ ބަޔާއި ވަޑާމަށް ކުރާ މަސައްކަތެއް ނޯންނާނެ،" ގެވިން ބުންޏެވެ. "މި މަސައްކަތް އަސްލު އަހަރެން ސިފަކުރާނީ ޒެން 3ޑީ ޕްރިންޓިންގެ ގޮތުގައި."
ގެވިން ކިޔައި ދިން ގޮތުގައި މިކަހަލަ މަސައްކަތެއް ކުރަން ހިޔާލު ލިބުނީ ވަރަށް ތުއްތު އިރުއްސުރެ ވެސް ވެއްޓަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭރު ވެސް ގޮނޑީގެ ބައްޓަމަށް ހައްދާފައި ހުންނަ ބޮންސާއީ ބޮޑު ގަހެއް އޭނާ ދިރުއުޅޭ ސަރަހައްދުގައި ހުންނަ ކަމަށް ބުންޏެވެ.
"އެއީ އަސްލު މިކަހަލަ މަސައްކަތެއް ފެށުމުގެ ހިޔާލު އައި ގޮތަކީ،" ގެވިން ބުންޏެވެ. "ނިކަން ބަލާބަލަ މިހާރު އެމެޒަން ޖަންގައްޔަށް ދިމާވެގެން އެ އުޅޭ މައްސަލަ. އަދި އެ ނޫން ވެސް އެތައްތައް ބިޔަ ޖަންގަލިތަކެއް މި ދަނީ ނެތެމުން. އެހެންވީމާ ތިމާވެއްޓަށް ދެވޭ އަޅާލުން ކުޑަކަމަށް ގަބޫލުކުރެވޭ ޒަމާނެއްގައި އަހަރެމެން މިކުރާ މަސައްކަތަކީ ތިމާވެއްޓަށް ދެވޭ ސަމާލުކަން އިތުރުކުރުން."
ގެވިން އާއި އެލީސް ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރު މީހުންނަށް ދަސްކޮށްދީ، މިކަމުގެ ކޮންސަލްޓެންސީ ދޭން ވެސް އެ މީހުން ތިބީ ތައްޔާރަށެވެ.
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ރާނީގެ ތަހުތަށް 70 އަހަރު ފާހަގަކުރަން ގަސް އިންދަނީ
އިންޑިއާގެ ނުސާފު ވައި ބޭނުންކޮށްގެން މުށި ހަދަނީ
އިންސާނުން ކޮޕީކުރާ ހުނަރުވެރި ރޮބަޓެއް
ޖަޕާނުން ލަކުޑި ސެޓެލައިޓް ހަދަނީ
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި
ދުބާއީގައި ވައިގެ ތެތްކަމުން ފެން އުފައްދަނީ
އާންމު ތަންތަނަށް ކުޑަކަމުދާތީ ތަފާތު ހައްލެއް
މޫނުގައި އަތްލެވެން އުޅޭ ނަމަ އަންގައިދޭ ޑިވައިސްއެއް