24 ސެޕްޓެމްބަރ 2019
ދައުލަތުގެ ދަރަނި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 50 ބިލިއަން ރުފިޔާ ހުރަސްކޮށް މައްޗަށް ހިނގައްޖެ އެވެ.
ދައުލަތުގެ ދަރަނި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 50 ބިލިއަން ރުފިޔާ ހުރަސްކޮށް މައްޗަށް ހިނގައްޖެ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ޖުމްލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މީގެ ހަ މަސް ކުރިން ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ.
ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.
އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މިދިއަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެ އެވެ. އޭގެ ތެރެއިން ކޮމާޝަލް ބޭންކްތަކަށް ވިއްކި ވަރު 1.1 ބިލިއަން ރުފިޔާ އަށް އަރާ އިރު މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު އުޅެނީ 819 މިލިއަން ރުފިޔާގަ އެވެ.
މިދިއަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުން ނެގި ލޯނުގެ މިންވަރު 733.5 މިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖޭގެ ދަރަނީގެ ތެރޭގައި ބޭރުގެ ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހޭދަ ހިމެނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަން ފެށި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ.
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!