18 ސެޕްޓެމްބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން ބޮޑު ލީޑެއްގައި އޮއްވައި ދެ ވަނަ ހާފްގައި ނުކުމެ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ހިތްވަރުގަދަ ކުޅުމެއް ދައްކައި ފަހަތުން އަރައި މެޗު 4-4 އިން އެއްވަރުކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން ބޮޑު ލީޑެއްގައި އޮއްވައި ދެ ވަނަ ހާފްގައި ނުކުމެ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ހިތްވަރުގަދަ ކުޅުމެއް ދައްކައި ފަހަތުން އަރައި މެޗު 4-4 އިން އެއްވަރުކޮށްފި އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ހަތް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ވެސް ވަނީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށްފަ އެވެ. ދަ ގްރާންޑޭ މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުޅުނު ދެ މެޗަށް ގައުމީ ޓީމަށް ވަގުުތު ދޭން ނެގި 40 ވަރަކަށް ދުވަހުގެ ބްރޭކަށް ފަހު މިއަދު އަލުން ފަށައި ކުޅުނު މެޗުގެ ކުރީކޮޅު އީގަލްސް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައިފަ އެވެ. އެ ދެ ބޯޅަ ވެސް ޔުނައިޓެޑް ވިކްޓްރީ ކީޕަރު ހަސަން ތޮލާލް (ތޮލާ) ވަނީ ހުއްޓުވައިފަ އެވެ.
އެކަމަކު ފުރަތަމަ ހާފްގައި އީގަލްސް އިން ތަފާތު ދައްކައި ވަނީ ތިން ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އަނެއް ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ގައުމީ ޓީމަށް ނުދާތީ މި ދެ ކުޅުންތެރިން 50،000ރ ޖޫރިމަނާކޮށްފައިވަނިކޮށް މި މެޗުގައި އެ ދެ ކުޅުންތެރިންނަށް ކުޅެވުނީ އީގަލްސް އިން އެ ފައިސާ ދެއްކުމުންނެވެ.
ފުރަތަމަ ހާފް ގޯސްކޮށް ދިއުމުން ޔުނައިޓެޑް ވިކްޓްރީން ދެ ވަނަ ހާފަށް ނުކުތީ ރަނގަޅު ރޫހެއްގަ އެވެ. އެ ޓީމުގެ ޔޫކްރޭނުގެ ފޯވާޑް ކީރްލޯ ސިލިޗް ވަނީ ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓް ތެރޭ ދެ ގޯލު ޖަހައި މެޗުގެ ތެރެއަށް ޔުނައިޓެޑް ވިކްޓްރީ އަލުން ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. ޔުނައިޓެޑް ވިކްޓްރީން ދެ ވަނަ ލަނޑު ޖެހިތާ މިނިޓެއްގެ ތެރޭގައި އީގަލްސް އިން ވަނީ މުހައްމަދު ނާއިމްގެ ގޯލުން އަލުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ.
އީގަލްސް އިން ރަނގަޅު ލީޑެއްގައި އޮއްވައި ޔުނައިޓެޑް ވިކްޓްރީން މެޗުގައި ތަފާތު ދެއްކީ ކުރި ބަދަލަކާ އެކީ އެވެ. އެ ގޮތުން މެޗުގެ 64 ވަނަ މިނިޓްގައި އަލީ ހައިޝަމް (ޗުމްޕު)ގެ ބަދަލުގައި އެރި މިރާހު މުހައްމަދު (މިރަޓީ) ވަނީ އަށް މިނިޓް ތެރޭގައި ދެ ގޯލު ޖަހައި ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދީފަ އެވެ. މިދިޔަ އަހަރު ވިކްޓްރީއާ އެކު ވެސް ރަނގަޅު ކުޅުމެއް ދެއްކި މިރަޓީ އަކީ ފަހަކަށް އައިސް ލިބޭ ފުރުސަތުތަކުގައި ރަނގަޅަށް ބޭނުންހިފާ ކުޅުންތެރިއެކެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އެ ޓީމު އަތުން ގެއްލިގެންދިޔައީ އަތުގައި އިން ތިން ޕޮއިންޓް ކަމަށާއި ބޮޑު ލީޑެއްގައި އޮވެފައި މި ގޮތަށް ވާނީ ފަރުވާކުޑަވެގެން ކަމަށާއި ވަރަށް އާދައިގެ ގިނަ ގޯސްތަކެއް އެ ޓީމުގެ ފަރާތުން ފެނުނު ކަމަށެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރަތަމަ ހާފްގައި އެ ޓީމުން ކުޅުނީ ބިރުގަނެފައި ތިބި ކަހަލަ ގޮތަކަށް ކަމަށާއި ޖުމްލަކޮށް ބުނާއިރު މެޗުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެކަމަކު ދެ ވަނަ ހާފުގައި ކުރި ވަރުގެ މަސައްކަތެއް ފުރަތަމަ ހާފުގައި ވެސް ކުރެވުނު ނަމަ މި މެޗުން އެ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށް ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގުގެ ހަތް ވަނައިގައި ކުޅުނު ހަތް މެޗުން ހަތް ޕޮއިންޓާ އެކު އެވެ.
އީގަލްސް ދެ ވަނަ އަށް އަރައިފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް
ޗުއްޓީއާ ދިމާވުމުން ޔޫވީއަށް ކުޅުންތެރިންގެ ދަތިކަން
އީގަލްސް ތަފާތު ފޯމެއްގައި، ޔޫވީ އަށް ފުރަތަމަ މޮޅު
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި