18 ސެޕްޓެމްބަރ 2019
އެނބޭދޫ ފަޅުގައި ހިއްކާފައިވާ ބައިގައި ދިވެހިން ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ޕިކްނިކް އައިލެންޑުގެ މަސައްކަތްތައް ނިންމަން ހަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެނބޭދޫ ފަޅުގައި ހިއްކާފައިވާ ބައިގައި ދިވެހިން ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ޕިކްނިކް އައިލެންޑުގެ މަސައްކަތްތައް ނިންމަން ހަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕިކްނިކް އައިލެންޑުގެ މަސައްކަތް ކުރާ ކުންފުނިތަކަށް ހާއްސަ ފިލައެއް ހަވާލުކޮށްފަ އެވެ. ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަވާލުކުރި ކޮންސްޓްރަކްޝަން ކުންފުނިތަކަކީ އައިމާ ކޮންސްޓްރަކްޝަން، އެސްއޭއެސް ކޮންސްޓްރަކްޝަން، އެލިއާ ކޮންސްޓްރަކްޝަން، އެޗްޕީއެސް މޯލްޑިވްސް، ކުރިހަރަ ކޮންގްޔޯ، އެސްއެލްޕީގެ ގްރޫޕް އަދި ލާމާ ގްރޫޕެވެ.
- އައިމާ ކޮންސްޓްރަކްޝަން: ނަމާދު ކުރާ ރޫމާއި ލޭންޑް ސާވޭ
- އެސްއޭއެސް ކޮންސްޓްރަކްޝަން: އޮފީސް ބިލްޑިން އާއި ވޯޓާ ސްޕޯޓްސް ބިލްޑިން
- އެލިއާ ކޮންސްްޓްރަކްޝަން: އެރައިވަލް ބިލްޑިން އާއި އާއިލާތަކަށް ހާއްސަ ދެ ބިލްޑިން
- އެޗްޕީއެސް މޯލްޑިވްސް: ކޮންސްޓްރަކްޝަން މެނޭޖްމަންޓާއި ކުއަންޓިޓީ ސާވޭ
- ކުރިހަރަ ކޮންގްޔޯ: މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަންބިން މަސައްކަތްތައް
- އެސްއެލްޕީ ގްރޫޕް: ސުޕަވިޝަން މަސައްކަތްތަކާއި ލޭބަރުން ހޯދުން
ލާމާ ގްރޫޕަށް އަދި ވަކި ކަމެއް ހަވާލުކޮށްފައެއް ނުވެ އެވެ. މި ކުންފުނިތަކަކީ މިހާރު ވެސް ކޮންސްޓްރަކްޝަން މަސައްކަތްތައް އެނބޫދޫ ފަޅުގެ ރަށްތަކުގައި ކުރަމުންދާ ކުންފުނިތަކެވެ. މި ކުންފުނިތަކުން ޕިކްނިކް އައިލެންޑުގެ މަސައްކަތް ކުރަނީ އެކުންފުނިތަކުގެ ސީއެސްއާރްގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ކްރޮސްރޯޑްސްގެ ތަރައްގީ ކުރާ ސިންހާ އެސްޓޭޓްގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާމަން ޗަޔަނިން ދެބަކަމް ވިދާޅުވީ، މި އެއްބަސްވުމާ އެކު ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ. ދިވެހިން ޕިކްނިކްތަކަށް ދިއުމަށް ހާއްސަ ކުރާ މި ސަރަހައްދު ތަރައްގީ ކުރަނީ ދިވެހި ވަންތަ ގޮތަކަށެވެ. އެގޮތުން ގާތްގަނޑަކަށް ހަ އާއިލާއަށް އެއް ފަހަރާ މަޑުކޮށްލެވޭ ގޮތަށް ކޮޓަރިތަކެއް ވެސް އިމަރާތް ކުރުމަށް ވަނީ ނިންމައިފަ އެވެ.
ސްޕީޑް ލޯންޗުގައި ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ކްރޮސްރޯޑްސްގެ ޕިކްނިކް އައިލެންޑުން ވޯޓާ ސްޕޯޓްސް އާއި ބާބެކިއު ހެދޭނެ އިންތިޒާމުތައް ހަމައްސާފައިވާ އިރު ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ބީޗެއް ވެސް ތަރައްގީ ކުރާނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް އިން މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ނިންމައި އާންމުނަށް ޕިކްނިކް ދެވޭނެ ގޮތަށް ހުޅުވާލުމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ދަތުރު ދިޔުމަށް ވަކި ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެއް ދިނުމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ. އެކަން އިއުލާނު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެންބޫދޫ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދިވެހިން ދަތުރު ދިޔުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުން ކުރުމުގެ ގޮތުން ކަމަށެވެ.
ކުޑަގިރީގައި އިތުރު ވަސީލަތްތައް ގާއިމުކުރަނީ
ކުޑަގިރި ހަގީގަތަކަށް: އުފާވެރި ހަނދާންތަކަށް މަރުހަަބާ
ގުރައިދޫ ޕިކްނިކް އައިލެންޑް މާޗުގައި ހުޅުވަނީ
ކުޑަގިރި ދަތުރުދާން އަންނަ މަހު ހުޅުވޭތޯ ބަލަނީ
ކުޑަގިރީގެ ކަރަންްޓުގެ މަސައްކަތްތައް ސްޓެލްކޯއިން ނިންމާލައިފި
ކުޑަގިރި ޕިކްނިކް އައިލެންޑްގައި މިސްކިތެއް އަޅަނީ
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީ އަށް
ޕިކްނިކް ރަށަށް ދެވޭ އަގު 80ރ. އަށްވުރެ ކުޑަވާނެ
ޕިކްނިކް އައިލެންޑް ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީ
ހަތް މަސް ތެރޭގައި އެނބޫދޫ ފަޅަށް ދަތުރުދާން ފެށޭނެ