Roadha Mihaaru
ކުޑަގިރީގެ ކަރަންްޓުގެ މަސައްކަތްތައް ސްޓެލްކޯއިން ނިންމާލައިފި

ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމުގެ ކަންކަން ސްޓެލްކޯ އިން ނިންމާލައިފި

16 ޖުލައި 2022

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހެދި ކ. ކުޑަގިރި އަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހެދި ކ. ކުޑަގިރި އަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ މަނިކުފާނުގެ އެ ވައުދު ފުރިހަމަކޮށް، އެ ރަށް މި މަހުގެ 26 ގައި ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ކުޑަގިރީގެ ކަރަންޓުގެ މަސައްކަތް ސްޓެލްކޯ އިން ނިންމައިލި އިރު އެ ރަށުގެ ކަރަންޓުގެ ނެޓްވޯކް ގާއިމުކޮށް، މަގުބައްތީގެ ގޮތުގައި ގާޑެން ލައިޓްތަކެއް މިހާރު ވަނީ ހަރުކޮށްފަ އެވެ.

އެ ކުންފުނިން މިއަދު ބުނީ، ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމު ކުރުމަށްޓަކައި، 3،000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ވަނީ ނިމިފަ އެވެ.

ކުޑަގިރީގައި ހުރި ކަރަންޓު ބޯޑު. އެތަނުގެ ކަރަންޓުގެ މަސައްކަތްތައް ކުރީ ސްޓެލްކޯއިން--ފޮޓޯ:ސްޓެލްކޯ

ކުޑަގިރީގައި ހުރި ކަރަންޓު ބޯޑު. އެތަނުގެ ކަރަންޓުގެ މަސައްކަތްތައް ކުރީ ސްޓެލްކޯއިން--ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯ އިން ބުނީ އެ ރަށް ދާ މީހުންނަށް ހާއްސަކޮށް ހަދާ ކެފޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ނިމޭނެ ކަމަށް ބުނެ އެވެ.

ކުޑަގިރީގެ ކަރަންޓުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއިރު، އެ ރަށް ހަދަނީ އެމްޓީސީސީންނެވެ. ޕިކްނިކް އައިލެންޑް ހަދަނީ ކުޑަގިރީގެ ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ތަނާ ކައިރީގައި ސޭންޑްބޭންކެއް ގޮތަށް 1.5 ހެކްޓަރުގެ ރަށެއް ހެދުމަށް ވެސް ރޭވި އެވެ.

އެ ރަށް ތަރައްގީ ކުރަން 41 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ހަމަޖެހިފަ އެވެ.