މާލެ އާއި މާލެ ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށް ހާއްސަކުރާ ކ. ކުޑަގިރީގައި ކަރަންޓް ނެޓްވޯކު އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.
26 މެއި 2022
މާލެ އާއި މާލެ ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށް ހާއްސަކުރާ ކ. ކުޑަގިރީގައި ކަރަންޓް ނެޓްވޯކު އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކާއެކު، އެ ރަށުގެ މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތާ ވެސް ހަވާލުވެފައިވާ ކަމަށެވެ. އަދި އަމާޒަކީ އެ މަސައްކަތްތައް 15 ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށްޓަކައިކުޑަގިރީގައި 3،000 މީޓަރުގެ ކޭބަލް ވަޅުލަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.
އެ ރަށުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް، އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި ދިރާސާ ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ނައިބު ރައީސް ފައިސަލް، އިއްޔެ ކުޑަގިރި އަށް ވަޑައިގެން ސްޓެލްކޯގެ މަސައްކަތްތައް އެ ރަށުގައި ކުރިއަށް ގެންދާ ގޮތް ބައްލަވާއިރު، އަރިހުގައި އެ ކުންފުނީގެ އެމްޑީ ޝަރީފް.---ފޮޓޯ: ސްޓެލްކޯ
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް "ޕިކްނިކް އައިލެންޑް" އެއް ނެތުމުން، ކުޑަގިރި އަކީ އެ ކަމަށް ހާއްސަ ރަށަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އެ ރަށް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
ކުޑަގިރީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް އިއްޔެ އެ ރަށަށް ވަޑައިގަތެވެ.
"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"
މުހިންމު މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑަނީ
މާލެ، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި
މިހާރު ވަނީ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފައި: ސްޓެލްކޯ
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ދޮންއަދަރާދަ ހިނގުން ރޯދައިގެ ކުރިން ހުޅުވާލަނީ
"ކުރީގެ ސަރުކާރުގެ ގިނަ މަޝްރޫއުތަކުގެ މާލިމީއަކީ އާޒިމް"
މަގުކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްފި