Roadha Mihaaru
"ކުރީގެ ސަރުކާރުގެ ގިނަ މަޝްރޫއުތަކުގެ މާލިމީއަކީ އާޒިމް"

ކުރީގެ ސަރުކާރުގެ ގިނަ މަޝްރޫއުތަކުގެ އިސް މާލިމީއަކީ އާޒިމް: ފައިސަލް

19 ޑިސެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މީގެ ކުރިން ނުދެކޭ ފަދަ ތަރައްގީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނައުމުގައި މާލިމީއެއްގެ ގޮތުގައި ހުންނެވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މީގެ ކުރިން ނުދެކޭ ފަދަ ތަރައްގީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނައުމުގައި މާލިމީއެއްގެ ގޮތުގައި ހުންނެވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ބޭއްވި އާޒިމްގެ ކެމްޕެއިނު ހަރަކާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ އިތުރުން އެމްޓީސީސީގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައި އާޒިމް ވަނީ ހާއްސަކޮށް މާލެ ސަރަހައްދަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ.

"...ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުޅި ރާއްޖޭގެ ތާރީހުގަ އެންމެ ގިނަ މަޝްރޫއުތައް، އެންމެ ގިނަ ޕްރޮޖެކްޓުތައް ރައްޔިތުންގެ އަސާސީ ކަންކަމުން ފެށިގެން އެހެން ހުރިހާ ކަމެއްގައި އެންމެ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔަ ސަރުކާރު،" ފައިސަލް ވިދާޅުވި އެވެ.

"ސަރުކާރުގަ އަޅުގަނޑުމެންގެ ގިނަ މަޝްރޫއުތައް ހިންގުމުގެ އިސް މާލިމީގެ ގޮތުގައި، ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރީ އާދަމް އާޒިމް."

ހުޅުމާލޭގައި ރޭ ބޭއްވި އާޒިމްގެ ކެމްޕޭނު ހަރަކާތުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ

ހުޅުމާލޭގައި ރޭ ބޭއްވި އާޒިމްގެ ކެމްޕޭނު ހަރަކާތުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ

ފައިސަލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ރަނގަޅާއި ނުބައި އެނގޭ އިރު، ކޮންމެ ކޮންމެ މީހަކަށް ވޯޓު ލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ފެން ކުންފުނީގައި ހުންނެވި ކުޑަ ދުވަސްކޮޅު މާލޭގައި ފެނުގެ ހިދުމަތް ފުޅާކޮށް އަދި އެމްޓީސީސީގައި މާލެއަށް ބަހުގެ ހިދުމަތް ތައާރަފުކުރުން ފަދަ ކަންކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އާޒިމްގެ ހިދުމަތުގެ ދިގު ލިސްޓުގެ ކުޑަކުޑަ މިންވަރެކެވެ.

އާޒިމް ކޮންމެ މަގާމެއްގައި ހުންނެވިޔަސް، މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ކަންތައްތައް ކޮށްދެވޭނެ ގޮތަކަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެހެންކަމުން، މާލޭގެ މޭޔަރު ކަމަށް އާޒިމް އެންމެ ރަނގަޅީ ކީއްވެތޯ އާއި އެ މަނިކުފާނު އާޒިމަށް ތާއީދު ކުރައްވަނީ ކީއްވެ ކަމާމެދު ކުރާ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށް ފައިސަލް ވިދާޅުވި އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ.

މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.