13 ޖެނުއަރީ 2024
މިއަދު މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހޮވުމަކީ މި ސަރުކާރަށް ދިން މެސެޖެއް ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ސިފަކުރައްވައިފި އެވެ.
މިއަދު މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހޮވުމަކީ މި ސަރުކާރަށް ދިން މެސެޖެއް ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ސިފަކުރައްވައިފި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ބޮޑު ތަފާތަކުން އާޒިމް ވަނީ މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިފަ އެވެ. ވޯޓުލީ މީހުންގެ ތެރެއިން 43 ޕަސެންޓު ވޯޓު އޭނާ ވަނީ ހޯއްދަވާފަ އެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް އާއި އެމްޑީޕީއަށް މަރުހަބާ ކިޔައި އެކްސް ގައި ކުރެއްވި ޕޯސްޓުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އާޒިމަށް ލިބުނު ކާމިޔާބަކީ ހައްސާސް ދަނޑިވަޅެއްގައި ލިބުނު މުހިންމު ކާމިޔާބެއް ކަމަށެވެ.
"ހައްސާސް ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުން އަދި ޖުމްލަކޮށް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް. މުހިންމު މެސެޖެއް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވެރިކަމާ ހަވާލުވިތާ އެންމެ 58 ދުވަސްތެރޭ މާލޭގެ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނު ސިޔާސަތުތަކަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
Kudos @adamazim and to @MDPSecretariat on winning the Male’ Mayoral by-election!
— Abdulla Shahid (@abdulla_shahid) January 13, 2024
The capital city has said a categorical NO to President Muizzu and his policies - within just 58 days in office!#AdamAzim4Mayor #Vote4AdamAzim #VaaneKuraane #FehiThanavasMale pic.twitter.com/YRfr80soPl
އާޒިމް އާއި އެމްޑީޕީއަށް މަރުހަބާ ކިޔައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލޭ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމަށް ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވި އިރު އާޒިމާ އެންމެ ގާތުން ވާދަ ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާ އަށް ވަނީ 28 ޕަސެންޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، ވޯޓުލާން ނުކުމެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސަންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑު ޕާޓީ ހިންގަން ބޭނުންނުވާ މީހުން އުޅޭ"
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އާޒިމް މާލެ ރައްޔިތުން މާޔޫސެއް ނުކުރާނެ: ސޯލިހް
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން
އާޒިމްއަށް މި ނަތީޖާ ބުނެދެނީ ރަސްމާލެ ބޭނުންނުވާކަން
މާލޭގެ މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރައްވައިފި