08 ނޮވެމްބަރ 2019
ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ދަތުރު ދިއުމަށް ހަމަޖެއްސި ރަށް ތަރައްގީ ކުރާނެ ގޮތާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.
ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ދަތުރު ދިއުމަށް ހަމަޖެއްސި ރަށް ތަރައްގީ ކުރާނެ ގޮތާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު ދަރުބާރުގޭގައި ކަމަށެވެ. މި ބައްދަލުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެ، ޕިކްނިކް އައިލެންޑްގެ މަޝްރޫއާ ބެހޭ ގޮތުން ހިޔާލު ފާޅު ކުރެވޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ތައިލެންޑްގެ ސިންހާ އެސްޓޭޓުން، މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި ރިސޯޓް ހެދުމަށް ހިއްކާފައިވާ ނުވަ ރަށުގެ ތެރެއިން އެއް ރަށް ހާއްސަ ކުރަނީ މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ހަތް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަވާލުކުރި ކޮންސްޓްރަކްޝަން ކުންފުނިތަކަކީ އައިމާ ކޮންސްޓްރަކްޝަން، އެސްއޭއެސް ކޮންސްޓްރަކްޝަން، އެލިއާ ކޮންސްޓްރަކްޝަން، އެޗްޕީއެސް މޯލްޑިވްސް، ކުރިހަރަ ކޮންގްޔޯ، އެސްއެލްޕީގެ ގްރޫޕް އަދި ލާމާ ގްރޫޕެވެ.
ސްޕީޑް ލޯންޗުގައި ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ކްރޮސްރޯޑްސްގެ ޕިކްނިކް އައިލެންޑުން ވޯޓާ ސްޕޯޓްސް އާއި ބާބެކިއު ހެދޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ އިރު ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ބީޗެއް ވެސް ތަރައްގީ ކުރާނެ އެވެ. އަދި މީހުން ތިބުމަށް ކޮޓަރިތަކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް އިން މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ނިންމައި އާންމުނަށް ޕިކްނިކް ދެވޭނެ ގޮތަށް ހުޅުވާލުމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ދަތުރު ދިޔުމަށް ވަކި ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެއް ދިނުމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ. އެކަން އިއުލާނު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެންބޫދޫ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދިވެހިން ދަތުރު ދިޔުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުން ކުރުމުގެ ގޮތުން ކަމަށެވެ.
ކުޑަގިރި ދަތުރުދާން އަންނަ މަހު ހުޅުވޭތޯ ބަލަނީ
ހަތް މަސް ތެރޭގައި އެނބޫދޫ ފަޅަށް ދަތުރުދާން ފެށޭނެ
ކުޑަގިރި ހަގީގަތަކަށް: އުފާވެރި ހަނދާންތަކަށް މަރުހަަބާ
ޕިކްނިކް ރަށަށް ދެވޭ އަގު 80ރ. އަށްވުރެ ކުޑަވާނެ
ދަތުރު ދާނެ ޚާއްސަ ރަށެއް ހަމަޖައްސަން މަޝްވަރާކުރަނީ
ދަތުރު ދާން ހަމަޖައްސަނީ އެނބޫދޫ ފަޅުން ރަށެއް
ދަތުރުދާން ހަމަޖައްސާނީ ގުދުރަތީ ރަށެއް؛ ނުހިއްކާނެ
ދަތުރުދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖެހޭނެ :ރައީސް
ޕިކްނިކް ދާނެ ރަށްތަކެއް ސަރުކާރުން ހަމަޖައްސަނީ
ކުޑަގިރީގައި އިތުރު ވަސީލަތްތައް ގާއިމުކުރަނީ