Roadha Mihaaru
ދަތުރު ދާން ހަމަޖައްސަނީ އެނބޫދޫ ފަޅުން ރަށެއް

ދަތުރު ދާން ހަމަޖައްސަނީ އެނބޫދޫ ފަޅުގައި ހިއްކާފައިވާ އެއް ރަށް

02 އެޕްރީލް 2019

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖައްސަނީ އެނބޫދޫ ފަޅުގައި މިހާރު ހިއްކާފައިވާ ރަށްތަކުން ރަށެއްކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖައްސަނީ އެނބޫދޫ ފަޅުގައި މިހާރު ހިއްކާފައިވާ ރަށްތަކުން ރަށެއްކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ތައިލެންޑްގެ ސިންހާ އެސްޓޭޓުން، މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގައި ވަނީ ނުވަ ރަށް ހިއްކައިފަ އެވެ. އޭގެ ތެރެއިން އެއް ރަށް، މާލޭ ރައްޔިތުންނަށް ދަތުރު ދާން ސަރުކާރާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ހަވީރު އާޓް ގެލަރީގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެވެ.

ކުރިން މާލޭގެ ރައްޔިތުން ދަތުރު ދާން އެންމެ އާންމުކޮށް ބޭނުންކުރި ކުޑަަ ބަނޑޮސް ވަނީ ރިސޯޓަކަށް ހަދައިފަ އެވެ. އަދި ފޭދޫފިނޮޅުގައި ވެސް މިހާރު ގެންދަނީ ރިސޯޓެއް ތަަރަައްގީކުރަަމުންނެވެ. އެހެންކަމުން ކުރިންސުރެ މާލޭ ރައްޔިތުން ދަތުރު ދިޔަ ރަށްރަށް މިހާރު އާންމު ބޭނުންތަކަށް ލިބޭކަށް ނެތެވެ.

އެނބޫދޫ ފަޅު ތަރައްގީކުރަނީ އިންޓަގްރޭޓެޑް ރިސޯޓުތަކެއްގެ ގޮތަގަ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ އަގު ބޮޑު މަޝްރޫއުގެ ފުރަތަމަ ރިސޯޓް ކަމަށް ވާ ކްރޮސްރޯޑްސްގެ މަސައްކަތް ނިންމައި، މި އަހަރު ހުޅުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެނބޫދޫ ފަޅުގައި ބައެއް ރަށްރަށް ހިއްކާފައި: މި ފަޅުގައި ކުރިއަށް ދަނީ ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު

އެނބޫދޫ ފަޅުގައި ބައެއް ރަށްރަށް ހިއްކާފައި: މި ފަޅުގައި ކުރިއަށް ދަނީ ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ފޭދޫފިނޮޅު ކައިރީގައި އޮންނަ ފަޅެއް ހިއްކައިގެން، ދަތުރު ދާނެ ރަށްތަކެއް ތަރައްގީކުރާށެވެ. އެކަމަކު އެ ސަރުކާރު ބަދަލުވިއިރު އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

Male' kairin dhathuru dhaane rasheh varah avahah hamajahsaanan: Raees

Male' kairin dhathuru dhaane rasheh varah avahah hamajahsaanan: Raees

The most trusted news source in the Maldives

Mihaaru

ދަތުރު ދާން މާލެ ކައިރިން ރަށެއް ހަމަޖައްސަވާނެކަން ރައީސް އިއުލާން ކުރެއްވުން--

އާ ސަރުކާރުން ނިންމީ އަލުން ފަޅެއް ހިއްކައިގެން އެފަދަ މަޝްރޫއެއް ނުހިންގުމަށެވެ. އެހެންކަމުން ސިންހާ އިން އެ ކުންފުނީގެ ރަށެއް ސަަރުކާރަށް ދިނުމަކީ ބޮޑު ނިންމުމެއް ކަމަށް ބެލެވެ އެވެ.