Roadha Mihaaru
ސުޕްރީމް ކޯޓުގެ ހުއްދަ ނެތި ކުދިންގެ ކައިވެނި ނުކުރެވޭ

ކުޑަކުދިން ކައިވެނި އަދި ގާޒީއަށް ވަލީ ދެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ހަމަޖައްސައިފި

20 ސެޕްޓެމްބަރ 2016

ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ނޫނީ ކުޑަކުދިންގެ ކައިވެނިކޮށް ނުދެވޭ ގޮތަށް އާއިލާއާބެހޭ ގަވާއިދަށް ސުޕްރީމް ކޯޓުން މިއަދު އިސްލާހު ގެނެސްފި އެވެ. މީގެ އިތުރުން ކައިވެނިކޮށް ދޭން ގާޒީއަށް ވަލީ ދެވޭނީ ވެސް ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކަމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ނޫނީ ކުޑަކުދިންގެ ކައިވެނިކޮށް ނުދެވޭ ގޮތަށް އާއިލާއާބެހޭ ގަވާއިދަށް ސުޕްރީމް ކޯޓުން މިއަދު އިސްލާހު ގެނެސްފި އެވެ. މީގެ އިތުރުން ކައިވެނިކޮށް ދޭން ގާޒީއަށް ވަލީ ދެވޭނީ ވެސް ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކަމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އާއިލާއާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ކުޑަކުއްޖެއްގެ ކައިވެނި ކޮށްދޭން މާލޭގައި ހުންނަ ފެމިލީ ކޯޓަށް ފެނިއްޖެ ނަމަ އިތުރު ހުއްދައެއް ނެތި އެ ކޯޓަށް އެ ކައިވެނިކޮށް ދެވިދާނެ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް އެކަމުގައި ހޯދަންޖެހޭނެ ކަމަށް އޭރު އެ ގަވާއިދުގައިވެ އެވެ.

ސުޕްރީމް ކޯޓުން ގަވައިދަށް މި ގެނައި އިސްލާހު ބުނާގޮތުން ކުޑަކުއްޖެއްގެ ކައިވެނި ކޮށް ދެވޭނީ ފެމިލީ ކޯޓުން އެކަން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދައިގެންނެވެ. އަދި އެގޮތަށް ހުށަހަޅާއިރު ޖެންޑާ މިނިސްޓްރީން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓް ވެސް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާޒީގެ ވަލީއަށް ކައިވެނިކޮށް ދިނުމާ ގުޅޭގޮތުން ގަވާއިދުގައި އޮންނަ ބަޔަށް ގެނައި އިސްލާހު ބުނާގޮތުން ފެމިލީ ކޯޓަށް އަދި ރަށު ކޯޓުތަކަށް ހުށަހެޅޭ ކައިވެނިތަކުގެ ތެރެއިން ގާޒީ ވަލީ ދީގެން ކައިވެނިކޮށްދޭން ޖެހޭ ކަމަށް އެ ކޯޓަކަށް ފެންނަ ހާލަތުގައި އެކަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރު ހުއްދަ ދިނުމުންނެވެ.

ގަވާއިދުގައި ކުރިން އޮންނަ ގޮތުން ފެމިލީ ކޯޓުން އަދި ރަށު ކޯޓުތަކުން ވެސް ގާޒީ ވަލީ ދީގެން ކައިވެނިކޮށް ދެވޭނީ މާލޭގައި ހުންނަ ފެމިލީ ކޯޓުގެ އިސްގާޒީ ނުވަތަ އެ ކޯޓުގައި އެވަގުތަކު ހުރި އެންމެ އިސް ބޭފުޅެއްގެ ހުއްދަ ލިބިގެންނެވެ.