08 ސެޕްޓެމްބަރ 2019
ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ ކްލަބަކަށް ދިވެހި ސިފައިންގެ ކްލަބް އަދި އެއް ވަނަ އެތުލީޓަކަށް ހަސަން ސާއިދު ހޮވުނުއިރު އަންހެން ބައިގެ އެއް ވަނަ ކްލަބުގެ މަގާމް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އަދި އެ ބައިން އެންމެ މޮޅު އެތުލީޓަކަށް އައިޝަތު ހިމްނާ ހަސަން ހޮވިއްޖެ އެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ ކްލަބަކަށް ދިވެހި ސިފައިންގެ ކްލަބް އަދި އެއް ވަނަ އެތުލީޓަކަށް ހަސަން ސާއިދު ހޮވުނުއިރު އަންހެން ބައިގެ އެއް ވަނަ ކްލަބުގެ މަގާމް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އަދި އެ ބައިން އެންމެ މޮޅު އެތުލީޓަކަށް އައިޝަތު ހިމްނާ ހަސަން ހޮވިއްޖެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު އެއް ވަނަ ހޯދީ އިންޑިވިޖުއަލް ތިން ރަން މެޑެއްޔާއި ރިލޭ ބައިން ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދައިގެންނެވެ. އޭނާ އިންޑިވިޖުއަލް ބައިން ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުންނެވެ. އަދި ރިލޭގެ ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކު ރަން މެޑަލް ހޯދިއިރު ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ.
ސާއިދު އޭނާގެ މެޑަލްތަކާއި ތަށިތައް ދައްކާލަނީ. –ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެކަމަކު އެންމެ މޮޅު އެތުލީޓް ހޮވުމުގައި ބަލާނީ ކޮންމެ އެތުލީޓެއްގެ އެންމެ ނަތީޖާ ރަނގަޅު ދެ އިވެންޓްކަމުން އޭނާ އާއި ހުސެއިން ފަޒީލް ހާރޫން ވެސް މެޑަލުގެ ގޮތުން އެއްވަރެވެ. ސާއިދަށް ކުރި ލިބުނީ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން، މުބާރާތުގެ ރެކޯޑެއް ހަދާފައިވާތީވެ އެވެ. ފަޒީލް ރަން މެޑަލް ހޯދީ 1500 މީޓަރު، 5000 މީޓަރު އަދި 10000 މީޓަރު ދުވުމުންނެވެ.
1- ދިވެހި ސިފައިންގެ ކްލަބް: 215 ޕޮއިންޓް
2- ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން: 112 ޕޮއިންޓް
3- ތިނަދޫ ޒުވާނުންގެ ކްލަބް: 69 ޕޮއިންޓް
ސާއިދުގެ އިންޑިވިޖުއަލް ތިން ރަން މެޑަލްގެ ތެރެއިން 400 މީޓަރުން ރަން މެޑަލް ހޯދީ މިއަދު ހަވީރު 49.46 ސިކުންތުން ދުވެގެންނެވެ. މި ރޭހުން ދެ ވަނަ އަށް ދިޔައީ 52.89 ސިކުންތުން ދުވި މުހައްމަދު އައިހަމެވެ. އަދި ތިން ވަނަ އަކީ 53.28 ސިކުންތުން ދުވި މުހައްމަދު ނާވީ އެވެ.
މި އިވެންޓުގައި ދުވި އުއްމީދީ ދުވުންތެރިޔާ ހުސެއިން ރިޒާ އަށް ރަނގަޅު ކާމިޔާބެއް ނުހޯދުނީ ބެލެވޭ ގޮތުގައި 1500 މީޓަރު ރޭހުގައި ވާދަކުރިތާ އިރުކޮޅެއް ތެރޭ ދުވަން ޖެހުމުންނެވެ. އާއްމުކޮށް 400 މީޓަރު ދުވުމަކީ، 200 މީޓަރާއި 100 މީޓަރު ދުވާ ދުވުންތެރިންގެ އިވެންޓްތަކަށް ވާތީ އެސޯސިއޭޝަނުން އިވެންޓްތައް ރާވާފައި އޮންނަނީ އެ ތިން އިވެންޓް ތިން ދުވެއްގައި އޮންނަ ގޮތަށެވެ. އެކަމަކު ރާއްޖޭގެ ބައެއް އެތުލީޓުން އިވެންޓްތައް ނަގާ ގޮތުން ބައެއް ފަހަރު އެއް ދުވަހެއްގައި ދެ އިވެންޓެއް ދުވަން ޖެހެނީ އެވެ.
1- ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން: 151 ޕޮއިންޓް
2- ދަ ބްލެކް މާލިން: 93 ޕޮއިންޓް
3- ކޭވައި ސްޕޯޓްސް އެކަޑަމީ: 69 ޕޮއިންޓް
އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް އުމުރުން 17 އަހަރުގެ ހިމްނާ ހޯދުމަކީ މިދިޔަ އަހަރެއްހާ ދުވަހު އޭނާ ހޯދަމުން އަންނަ ކާމިޔާބީތަކަށް އިތުރުކުރި ބޮޅެކެވެ. މި އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތުލީޓް ހިމްނާ ވަނީ މި އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައި 59.18 ދުވެ ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް ތިން ވަނަ ފަހަރަށް މުގުރާލައިފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޭޝިއަން ޖޫނިއާ މުބާރާތުގައި ހެދި ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މިދިޔަ އަހަރުގެ ޖުލައި މަހު ޔޫތު އޮލިމްޕިކްސް ކޮލިފައިންގަ އެވެ.
ހިމްނާގެ ހާއްސަ އިވެންޓް ކަމަށްވާ 400 މީޓަރު ރޭސް މިއަދު ކާމިޔާބުކުރީ 1:01 މިނެޓުންނެވެ. މި އިވެންޓުން ދެ ވަނަ މަގާމް 1:04 މިނެޓުން ދުވި ދަ ބްލެކް މާލިންގެ އައިމިނަތު ލަޔާން ހޯދިއިރު ތިން ވަނަ އަކީ 1:08 މިނެޓުން ދުވި އެ ޓީމުގެ ރިފާ މުހައްމަދެވެ.
ހިމްނާ ތަށި އުފުލާލަނީ: މިއީ އޭނާ އެއް ވަނަ އެތުލީޓުގެ މަގާމް ހޯދި ފުރަތަމަ ފަހަރު. –ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި މުބާރާރުގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން ވެސް ކާމިޔާބުކުރި ހިމްނާ ބުނީ ވަރަށް ޒުވާން އުމުރެއްގައި ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދުމަކީ ކުރިމަގަށް އެޅުނު ފިޔަވަޅެއް ކަމަށާއި އިތުރު ކާމިޔާބީތަކަށް އުއްމީދުކުރާ ކަމަށެވެ.
"ވަރަށް އުފާވެއްޖެ. އުއްމީދުކުރަން އިތުރު ކާމިޔާބީތަކަށް،" ހިމްނާ ބުންޏެވެ.
އޭނާ ނިސްބަތްވާ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމުން އެއް ވަނަ ޓީމުގެ މަގާމް ހޯދީ މިއަދުގެ އަންހެނުންގެ ފަހު އިވެންޓް ކަމަށްވާ 1500 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔާ އެކު އެވެ. އެ ޓީމުގެ އައިމިނަތު ޖައިޝާ ޖުނީޒް އެއް ވަނަ ހޯދީ 5:26 މިނެޓުން ދުވެގެންނެވެ. މި ރޭހުން ދެ ވަނަ އަކީ އިއްޔެ އަންހެނުންގެ 800 މީޓަރު ދުވުމުން ވެސް ޖައިޝާއާ ވާދަކޮށް ދެ ވަނަ އަށް ދިޔަ ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. އޭނާގެ ޓައިމިން އަކީ 5:27 މިނެޓެވެ.
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
ގައުމީ މުބާރާތުގެ އެއްވަނަ ސާއިދާއި އައިނީ އަށް
ގާތްގާތުގައި ހިމްނާ 400 މީޓަރު ރެކޯޑް އާކޮށްފި
އެންމެ މޮޅު އެތުލީޓުންނަކީ ޖައިޝާ އަދި ސާއިދު
200 މީޓަރުން ވެސް ސާއިދު އެއްވަނަ ހޯދައިފި
ކޮމަންވެލްތު ގޭމްސްގެ ސްކޮޑްގައި ސާއިދާއި ހިމްނާ