Roadha Mihaaru
ރާއްޖެ އާއި ރުވާންޑާއާ ދެމެދު ސިިޔާސީގުޅުން ގާއިމްކޮށްފި

ރާއްޖެ އާއި ރުވާންޑާއާ ދެމެދު ސިިޔާސީ ގުޅުން ގާއިމްކޮށްފި

07 ސެޕްޓެމްބަރ 2019

ރާއްޖެއާ ރުވާންޑާއާ ދެމެދު ސިިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއާ ރުވާންޑާއާ ދެމެދު ސިިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި ރުވާންޑާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ކަމަށާއި ރުވާންޑާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ވެލެންޓައިން ރުގްވަބިޒާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާ އެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާ އެކު ގުޅުން ގާއިމްކޮށް ރާއްޖެއަކީ ބޭރު ގައުމުތަކުން ބަލައިގަންނަ ގައުމަކަށް ހެދުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒު ކަމަށެވެ.

ރުވާންޑާއަކީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރި 172 ވަނަ ގައުމެވެ. އަދި މިއީ މި ސަރުކާރުގައި ރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކުރި ދެވަނަ ގައުމެވެ.

ރުވާންޑާއަކީ ކޮމަންވެލްތުގެ ގައުމެކެވެ. އަދި އަންނަ އަހަރު ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ވެސް ބާއްވަން ހަމަޖެހިފައިވަނީ ރުވާންޑާގަ އެވެ.