Roadha Mihaaru
އިޒުހާމްގެ މަރާ ގުޅިގެން އެކުވެރިން ލަންކާ ކޯޓަށް

އިޒުހާމްގެ މަރާ ގުޅިގެން އެކުވެރިން ލަންކާ ކޯޓަށް ހާޒިރުކޮށްފި

20 ސެޕްޓެމްބަރ 2016

މި މަހު ކުރީކޮޅު ސްރީ ލަންކާ އަށް ޗުއްޓީއަކަށް ގޮސް އުޅެނިކޮށް ރޭލެއް ދަށުވެ، ގދ. މަޑަވެލީ، ބަހާރު، އިޒުހާމް މުހައްމަދު މަރުވި މައްސަލާގައި އޭނާގެ އެކުވެރިން ލަންކާ ކޯޓަށް އިއްޔެ ހާޒިރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި މަހު ކުރީކޮޅު ސްރީ ލަންކާ އަށް ޗުއްޓީއަކަށް ގޮސް އުޅެނިކޮށް ރޭލެއް ދަށުވެ، ގދ. މަޑަވެލީ، ބަހާރު، އިޒުހާމް މުހައްމަދު މަރުވި މައްސަލާގައި އޭނާގެ އެކުވެރިން ލަންކާ ކޯޓަށް އިއްޔެ ހާޒިރުކޮށްފި އެވެ.

އިޒުހާމާ އެކު ލަންކާ އަށް ދިޔަ ފިރިހެން ދެ އެކުވެރިން ކޯޓަށް ހާޒިރުކުރީ ކަން ހިނގި ގޮތް އޮޅުންފިލުވުމަށެވެ. އެކުގައި އުޅޭ މީހުންނާ ތަހުގީގުގައި ސުވާލުކޮށް، ކޯޓަށް ގެންދިއުމަކީ ލަންކާގައި އަމަލުކުރާ އާއްމު އުސޫލެކެވެ.

އެކްސިޑެންޓްވެ އިޒުހާމް 21، މަރުވީ ބަންބަލަޕިޓިއާގައި އެ މީހުން ތިބި ޔޫރޯ ލަންކާ ހޮޓާ ކައިރީގައި ހުރެފައި ރެއިލް ދަގަނޑު ހުރަސްކޮށް މޫދާވީ ސަރަަހައްދަށް ގޮސްފައި އެނބުރި އަންނަނިކޮށެވެ. އެކަމަކު އޭނާ އެ ސަރަހައްދަށް ދިޔަ ސީދާ ބޭނުމެއް ސާފެއް ނުވެ އެވެ.

އެއް ބަޔަކު ބުނަނީ އެކްސިޑެންޓް ހިނގީ، ސައިބޯން ތިބި ތަނުގެ ކައިރިން ރޭލު ޓްރެކްގެ އަނެއް ފަރާތަށް ކުޑަކަމުދާން ގޮސް އިޒުހާމް އެނބުރި އަންނަނިކޮށް ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރެއިލް ޓްރެކް ކައިރީގައި އޭނާ ކުރި ކަމެއް ސާފެއް ނޫނެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ފަހު އިޒުހާމް ވަޅުލީ ލަންކާގަ އެވެ.