05 ސެޕްޓެމްބަރ 2019
ލަންޑަން (ސެޕްޓެމްބަރު 5) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ކަނޑައަޅާފައިވާ އޮކްޓޯބަރު 31 ވަނަ ދުވަހު އެކަން ކާމިޔާބު ކުރުމަށް ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކުރައްވަމުން ގެންދެވި މަސައްކަތަށް ޕާލަމެންޓުގައި ފުލުފުލުން ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.
ލަންޑަން (ސެޕްޓެމްބަރު 5) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ކަނޑައަޅާފައިވާ އޮކްޓޯބަރު 31 ވަނަ ދުވަހު އެކަން ކާމިޔާބު ކުރުމަށް ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކުރައްވަމުން ގެންދެވި މަސައްކަތަށް ޕާލަމެންޓުގައި ފުލުފުލުން ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.
އީޔޫއާ އެކު އެއްބަސްވުމެއް ނެތި އެ ޖަމާއަތުން ވަކިވާން ޖޯންސަން ކުރައްވަމުން ގެންދެވި މަސައްކަތް މެންބަރުން ވަނީ ހުއްޓުވައިފަ އެވެ. ހައުސް އޮފް ކޮމަންސްގައި ނެގި ވޯޓުން ޖޯންސަން އަށް ނާކާމިޔާބުވީ 327-299 ވޯޓުންނެވެ. ބުދަ ދުވަހުގެ ރޭގެ ޕާލަމެންޓް ބައްދަލުވުމުގައި ވަނީ އީޔޫން ވަކިވުން އަންނަ އަހަރުގެ ޖެނުއަރީ 31 އަށް ފަސްކުރަން ބޮޑު ވަޒީރު އީޔޫ އަށް ހުށަހަޅަން މަޖްބޫރުވާ ގޮތަށް ފާސްކޮށްފަ އެވެ. އެހެންކަމުން ޖޯންސަން ވަނީ ދެން އޮތް ހަމައެކަނި ގޮތަކީ އޮކްޓޯބަރު މަހު 15 ވަނަ ދުވަހު އަވަސް އިންތިޚާބެއް ބޭއްވުންކަން އިއުލާން ކުރައްވައިފަ އެވެ. ބޮޑު ވަޒީރުގެ ހުށަހެޅުން ފާސްކުރަން 650 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވެ އެވެ. ނަމަވެސް އެ ހުށަހެޅުމާ އެއްކޮޅަށް ލިބުނީ 298 ވޯޓެވެ. ދެކޮޅަށް 56 ވޯޓު ދިން އިރު އިދިކޮޅު ލޭބަ ޕާޓީގެ މެންބަރުންނަށް އަންގައިފައި ވަނީ ވަކިކޮޅަކަށް ވޯޓު ނުދިނުމަށެވެ.
ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވިދާޅުވީ ބޮޑު ވަޒީރު ގެންދަވަނީ އެއްބަސްވުމެއް ނެތި އީޔޫން ވަކިވާން އަދިވެސް ބާރު އަޅުއްވަމުން ކަމަށެވެ.
އިންތިޚާބު ބާއްވަން ހުށަހެޅި ވޯޓު ފެއިލްކޮށްލުމުން، ޖޯންސަން ވިދާޅުވީ ކޯބީން އަކީ ގައުމުގެ ޑިމޮކްރެޓިކް ހަޔާތުގައި އިންތިޚާބަކަށް ދެކޮޅު ހެދި ފުރަތަމަ އިދިކޮޅު ލީޑަރު ކަމަށެވެ.
އެއްބަސްވުމެއް ނެތި އީޔޫ އިން ވަކިވުމާ ދެކޮޅަށް ފާސްކޮށްފައި ވަނީ ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީގެ 21 މެމްބަރަކު ވިޕްލައިނާ ޚިލާފުވެގެންނެވެ. އެ މެންބަރުން މިހާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
96 އަހަރަށް ފަހު އިނގިރޭސިން ވިންޓާ އިލެކްޝަނަކަށް
ސުޕްރީމް ކޯޓުގެ ނިންމުމާ އެކު މެންބަރުން ޕާލަމެންޓަށް
ދޮގު ހެދި މައްސަލައިގައި ޖޯންސަން ކޯޓަށް ގެންދަނީ
ބޮރިސް ޖޯންސަން މަޖިލީހުން ވެސް އިސްތިއުފާ ދެއްވައިފި
އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގެ ވާދަވެރިކަން ބޮޑުވެފައި
ރަސްކަން ކުރުމުގައި ދަމަހައްޓާނީ ރާނީގެ ނަމޫނާ: ޗާލްސް
ބޮރިސް އިސްތިއުފާ އިއުލާނުކުރައްވައިފި
ޔޫކޭގެ ބޮޑުވަޒީރު ބޮރިސް މިއަދު އިސްތިއުފާ ދެއްވަނީ
އިތުބާރު ނެތްކަމުގެ ވޯޓުން ޖޯންސަން ސަލާމަތްވެއްޖެ
އިނގިރޭސި ބޮޑުވަޒީރަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި