Roadha Mihaaru
އިނގިރޭސި ބޮޑުވަޒީރަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި

އިނގިރޭސި ބޮޑުވަޒީރަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި

16 އެޕްރީލް 2022

މޮސްކޯ (އެޕްރީލް 16) - އިނިގިރޭސި ވިލާތުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އެ ގައުމުގެ ސީނިއާ މިނިސްޓަރުންނާ ދެކޮޅަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (އެޕްރީލް 16) - އިނިގިރޭސި ވިލާތުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އެ ގައުމުގެ ސީނިއާ މިނިސްޓަރުންނާ ދެކޮޅަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި އެވެ.

ޖޯންސަންގެ އިތުރުން ރަޝިޔާ އަށް އެތެރެވުން މަނާކުރި އިނގިރޭސި ސަރުކާރުގެ އިސް ފަރާތްތަކުގެ ތެރޭގައި ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް، ޑިފެންސް ސެކްރެޓަރީ ބެން ވަލެސް، ހޯމް ސެކްރެޓަރީ ޕްރިޓީ ޕަޓެލް އަދި އެ ގައުމުގެ ސީނިއާ 10 އޮފިޝަލަކު ހިމެނެ އެވެ. އޭގެ އިތުރުން ކުރީގެ ބޮޑުވަޒީރު ތެރޭސާ މެއިއާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ޖޯންސަން މިދިޔަ ހަފުތާގައި ވަނީ ޔުކްރޭނަށް ވަޑައިގެން ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވައިފަ އެވެ.

ރަޝިޔާ އިން ޔުކްރޭނަށް އެރުމާ ގުޅިގެން އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން މާޗް މަހު މޮސްކޯ އިން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ވެސް މިފަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ރަޝިޔާ އިން ބުނެފައި ވަނީ އިނގިރޭސި ވިލާތުން ދަނީ ޔުކްރޭން މައްސަލަ ހޫނުކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެ ގޮތުން ކިޔޭވް އަށް އިނގިރޭސި ސަރުކާރުން ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން މިދިޔަ ހަފުތާގައި ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.