30 މެއި 2019
އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ހަފުތާއަކު 350 މިލިޔަން ޕައުންޑް ދޭ ކަމަށް ވިދާޅުވެ، ރަައްޔިތުންނަށް އޮޅުވާލެއްވި މައްސަލައިގައި އެގައުމުގެ ކުރީގެ ފޮރިން މިިނިސްޓަރު އަދި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ކެންޑިޑޭޓް ބޮރިސް ޖޯންސަން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ހަފުތާއަކު 350 މިލިޔަން ޕައުންޑް ދޭ ކަމަށް ވިދާޅުވެ، ރަައްޔިތުންނަށް އޮޅުވާލެއްވި މައްސަލައިގައި އެގައުމުގެ ކުރީގެ ފޮރިން މިިނިސްޓަރު އަދި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ކެންޑިޑޭޓް ބޮރިސް ޖޯންސަން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ޖޯންސަންއާ ދެކޮޅަށް ދައުވާކުރީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ދޮގުހެދުން ހުއްޓުވަން ކެމްޕޭން ކުރާ މާކަސް ބޯލް ނަމަކަށް ކިޔާ މީހެކެވެ. ޖޯންސަންއާ ދެކޮޅަށް ދައުވާކުރުމުގެ ހަރަދަށް ފައިސާ ހޯދަން ކުރި ކެމްޕޭންގައި ބޯލް ވަނީ 200،000 ޕައުންޑް އެއްކޮށްފަ އެވެ.
ވެސްޓްމިންސްޓާ މެޖިސްޓްރޭޓްސް ކޯޓަށް ބޯލް ވެއްދި ދައުވާއާ ބެހޭ ގޮތުން ޖޯންސަންގެ ވަކީލުން ބުނީ އެއީ އީޔޫއިން ވަކިވާން ނިންމި ނިންމުން ބަދަލުކުރން ސިޔާސީ ގޮތުން ކުރާ މަަސައްކަތެއް ކަމަށެވެ.
ދޮގު ހެދި މައްސަލައިގައި ޖޯންސަންއާ ދެކޮޅަށް އުފުލި ދައުވާގެ ފުރަތަމަ އަޑު އެހުން އޮންނާނީ ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުގަ އެވެ. އަދި އޭގެ ފަހުން އެ މައްސަލައިގެ ޝަރީއަތް އޮންނާނީ ކްރައުން ކޯޓުގަ އެވެ.
ޖޯންސަން ކޯޓަށް ހާޒިރުވާން އަންގާފައި މިވަނީ ސިޔާސީ ގޮތުން އޭނާއަށް ވަރަށް މުހިއްމު ދުވަސްވަރެއްގަ އެވެ. އެގޮތުން މިއީ ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އޭނާ ނުކުންނަވައިގެން އުޅުއްވާ ދުވަސްވަރެވެ.
އީޔޫން ވަކިވާން އިނގިރޭސި ވިލާތުގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕޭންގައި ހަފުތާއަކު 350 މިލިއަން ޕައުންޑް އީޔޫއަށް ދެމުން ގެންދާ ކަމަށް ބުނި ވާހަކަ އަކީ އާންމުންނަށް ބޮޑު މެސެޖެކެވެ. އަދި އެ 350 މިލިއަން ޕައުންޑް، އިނގިރޭސި ވިލާތުގެ ސިއްހީ ދާއިރާއަށް ހޭދަކުރުން ވެސް މާ ރަނގަޅު ކަމަށް ބުނެ، ބޮޑު އަކުރުން ޖަހާފައިވޭ ވޭނެއްގެ ފޮޓޯ އެ ދުވަސްވަރު ވަރަށް މަޝްހޫރުވި އެވެ.
އެކަމަކު އެވަރުގެ އަދަދެއް އިނގިރޭސި ވިލާތުން ދައްކަމުން ގޮސްފައެއް ނުވެ އެވެ.
ޖޯންސަން އަކީ އީޔޫން ވަކިވުމުގެ ކެމްޕޭންގައި އެންމެ އިސް އެއް ލީޑަރެވެ.
ޖޯންސަންއާ ދެކޮޅު ދައުވާ ކޯޓުގައި ތާށިވެފައި ގިނަ ދުވަސްތަކެއް ވަންދެން އޮވެދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ދައުވާގެ ޝަރީއަތް ފެށުމަކީ އޭނާއަށް ސިޔާސީ ގޮތުން ގެއްލުންވާނެ ކަމެކެވެ.
47 އަހަރަށް ފަހު އިނގިރޭސިވިލާތް އީޔޫއިން ވަކިވެއްޖެ
އިނގިރޭސި ޕާލަމެންޓުގެ ނިންމުން އީޔޫ އަށް
ޕާލަމެންޓުގައި ބޮޑު ވަޒީރު ޖޯންސަން އަށް ނާކާމިޔާބު
އެއްބަސްވުމަކަށް ނާދެވުނަސް އީޔޫއިން ވަކިވާނެ: ޖޯންސަން
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ
އިނގިރޭސި ސުޕްރީމް ކޯޓުގެ ނިންމުން ސަރުކާރާ ދެކޮޅަށް
ކޯޓުގެ ނިންމުމާ އެކު އީޔޫން ވަކިވުން އޮޅުންގަނޑަކަށް
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
އިނގިރޭސިން ތާރީޚީ ވޯޓަކަަށް
ބޮރިސް ޖޯންސަން މަޖިލީހުން ވެސް އިސްތިއުފާ ދެއްވައިފި