28 ޖޫން 2016
ލަންޑަން (ޖޫން 28) - އިނގިރޭސި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޔޫރަޕިއަން ޔޫނިއަން އިން އެ ގައުމު ވަކިވުމުގެ ނުރަސްމީ ވާހަކަތައް ފެށުމަށް އީޔޫގެ ލީޑަރުން ދެކޮޅު ހަދައިފި އެވެ.
ލަންޑަން (ޖޫން 28) - އިނގިރޭސި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޔޫރަޕިއަން ޔޫނިއަން އިން އެ ގައުމު ވަކިވުމުގެ ނުރަސްމީ ވާހަކަތައް ފެށުމަށް އީޔޫގެ ލީޑަރުން ދެކޮޅު ހަދައިފި އެވެ.
ޖަރުމަނާއި ފްރާންސް އަދި އިޓަލީން ބުނެފައި ވަނީ ލިޒްބަން ޓްރީޓީގެ 50 ވަނަ މާއްދާގެ ދަށުން ވަކިވުމުގެ މަޝްވަރާތައް ފަށަން ޖެހޭނީ އިނގިރޭސިވިލާތުން ކަމަށެވެ. ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާއި ފްރާންސްގެ ރައީސް ފްރާންސުއާ އޮލެންޑާ އަދި އިޓަލީގެ ބޮޑު ވަޒީރު މަޓިއޯ ރެންޒީ ވަނީ ބާލިންގައި ބައްދަލު ކުރައްވައިފަ އެވެ. އީޔޫގެ ލީޑަރުން ވަނީ ޔޫރަޕުގެ ޖަމާއަތް ވަރުގަދަ ކުރުމަށް އާ ހިތްވަރެއް ލުމަށް ގޮވާލައިފަ އެވެ. މި ތިން ގައުމު އެއްކޮށްލުމުން އެއީ ޔޫރަޕުގެ އެންމެ ބޮޑު އިގްތިސާދެވެ.
އިނގިރޭސިން އީޔޫ އިން ވަކިވާން ނިންމުމުން ތިން ލީޑަރުން ވެސް ވަނީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
(ވ-ކ) ފްރާނާސްގެ ރައީސް ފްރާންސުއާ އޮލެންޑާ، ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އަދި އިޓަލީގެ ބޮޑު ވަޒީރު މަޓިއޯ ރެންޒީ ބާލިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޖަރުމަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާކެލް ވިދާޅުވީ ޔޫރަޕިއަން ޓްރީޓީގެ 50 ވަނަ މާއްދާ ވަރަށް ސާފު ކަމަށާއި މެންބަރު ގައުމެއް ޔޫރަޕިއަން ޔޫނިއަން އިން ވަކިވާން ބޭނުން ނަމަ ޔޫރަޕިއަން ކައުންސިލަށް އެކަން އަންގަންވާނެ ކަމަށެވެ. އަދި އެކަން ކުރުމުން ނޫނީ އިތުރު ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް މާކެލް ވިދާޅުވި އެވެ.
"ޔޫރަޕިއަން ޔޫނިއަން އިން ޔޫކޭ ވަކިވާން ބޭނުންވާކަން ޔޫރަޕިއަން ކައުންސިލަށް އެންގުމުން ނޫނީ ރަސްމީ އަދި ނުރަސްމީ މަޝްވަރާތައް ވެސް ކުރިއަކަށް ނުދާނެ،" މާކެލް ވިދާޅުވި އެވެ.
ރައީސް އޮލެންޑާ އާއި ބޮޑު ވަޒީރު ރެންޒީ ވަނީ އިނގިރޭސިން ވަކިވުމުގެ މަސައްކަތް ހަލުވިކޮށް ބާކީ ތިބި 27 ގައުމަށް ކުރިމަތިވާނެ ގޮތް ޖެހުންތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވަނީ ނުރަސްމީ ވާހަކަތަކަށް އެމަނިކުފާން ތައްޔާރު ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭގެ ކުރިން އީޔޫއާ އެކު ބާއްވާނެ ގުޅުމަކާ ބެހޭ ގޮތުން ގޮތެއް ނިންމަން ޖެހޭ ކަމަށް ކެމަރަން ވިދާޅުވި އެވެ. އަދި މާއްދާ 50 އާ ގުޅޭ ގޮތުން ކުރިއަށް ދިއުމަކީ އެ މަނިކުފާނަށް ފަހު ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު ކުރައްވަން ޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ
އީޔޫގެ ލީޑަރުންނާ ކެމަރަން ބައްދަލު ކުރައްވަނީ
އިނގިރޭސިން ތާރީޚީ ވޯޓަކަަށް
ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލަން ޖެހޭ: ކެމަރަން
47 އަހަރަށް ފަހު އިނގިރޭސިވިލާތް އީޔޫއިން ވަކިވެއްޖެ
އިނގިރޭސި ޕާލަމެންޓުގެ ނިންމުން އީޔޫ އަށް
އެއްބަސްވުމަކަށް ނާދެވުނަސް އީޔޫއިން ވަކިވާނެ: ޖޯންސަން
ދޮގު ހެދި މައްސަލައިގައި ޖޯންސަން ކޯޓަށް ގެންދަނީ
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ
އިނގިރޭސި ސުޕްރީމް ކޯޓުގެ ނިންމުން ސަރުކާރާ ދެކޮޅަށް