Roadha Mihaaru
އިނގިރޭސިން ތާރީޚީ ވޯޓަކަަށް

އިނގިރޭސިން ތާރީޚީ ވޯޓަކަަށް

23 ޖޫން 2016

ލަންޑަން (ޖޫން 23) - ތާރީޚީ ވޯޓެއްގައި އިނގިރޭސި ރައްޔިތުން މިއަދު ވޯޓުލާން ނުކުންނަ އިރު މިއީ ޔޫރަޕުގެ އިއްތިހާދުގައި އިނގިރޭސިން އޮނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މުހިންމު ވޯޓެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 23) - ތާރީޚީ ވޯޓެއްގައި އިނގިރޭސި ރައްޔިތުން މިއަދު ވޯޓުލާން ނުކުންނަ އިރު މިއީ ޔޫރަޕުގެ އިއްތިހާދުގައި އިނގިރޭސިން އޮނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މުހިންމު ވޯޓެވެ.

ވޯޓުގައި 46،499،537 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މިއީ އިނގިރޭސިވިލާތުގައި ނަގާ ވޯޓެއްގައި ރެކޯޑް އަދަދެކެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ހަޔާތުގައި ނަގާ ޚިޔާލު ހޯދުމުގެ ތިން ވަނަ ވޯޓެވެ.

ވޯޓު ހޯދުމުގެ މަސައްކަތް ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ވޯޓު ހޯދުމުގެ މަސައްކަތް ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޔޫރަޕިއަން ޔޫނިއަންގައި އިނގިރޭސި ވިލާތް އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންނަށް ކުރިމަތިކުރާ ސުވާލުގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ހޯދާ ކޮޅެއް ކާމިޔާބު ކުރާނެ އެވެ. ވޯޓުލާން ފަށާނީ އިނގިރޭސި ވިލާތުގެ ގަޑިން ހެނދުނު 7 ޖަހާއިރު އެވެ. އަދި ވޯޓު ފޮށިތައް ބަންދުކުރާނީ ރޭގަނޑު 10 ޖަހާއިރު އެވެ. އޭގެ ފަހުން ވޯޓު ފޮށިތައް ބަންދުކޮށްގެން ވޯޓު ގުނާ މަރުކަޒަށް ގެންދާނެ އެވެ. ވޯޓު ގުނުމަށް 382 އޭރިޔާއެއް ވަނީ ޚާއްސަކޮށްފަ އެވެ. ޗީފް ކައުންޓިން އޮފިސަރު ރަސްމީ ނަތީޖާ އިއުލާން ކުރާނީ މެންޗެސްޓާ ޓައުން ހޯލުގަ އެވެ. އިލެކްޝަން ކޮމިޝަނުން އުއްމީދު ކުރަނީ ވޯޓުގެ ނަތީޖާ ލިބޭނީ ހުކުރު ދުވަހުގެ ހެނދުގެ ވަގުތެއްގައި ކަމަށެވެ.

ވޯޓުގައި 46،499،537 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ. މިއީ އިނގިރޭސިވިލާތުގައި ނަގާ ވޯޓެއްގައި ރެކޯޑް އަދަދެއް. އަދި މިއީ އިނގިރޭސިވިލާތުގެ ހަޔާތުގައި ނަގާ ޚިޔާލު ހޯދުމުގެ ތިން ވަނަ ވޯޓު.

ވޯޓުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެ ފަރާތުން ވަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭން ކޮށްފަ އެވެ. އީޔޫގައި އިނގިރޭސި ވިލާތް ދެމިއޮތުމަށް ތާއީދު ކުރައްވާ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ ދަރިންގެ މުސްތަގްބަލަށްޓަކައި ވެސް ވޯޓުގެ ކުރިން ރައްޔިތުން ވިސްނާލުމަށް އިލްތިމާސް ކުރައްވައިފަ އެވެ.