01 ޖުލައި 2016
ކޮލަމްބޯ (ޖުލައި 1) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކިވުމުން ސްރީ ލަންކާގެ ވިޔަފާރި އަށް އަސަރު ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ކޮލަމްބޯ (ޖުލައި 1) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކިވުމުން ސްރީ ލަންކާގެ ވިޔަފާރި އަށް އަސަރު ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ލަންކާ އިން އެއް ބިލިއަން ޑޮލަރުގެ މުދާ އިނގިރޭސި ވިލާތަށް އަހަރަކު އެކްްސްޕޯޓް ކުރެ އެވެ. އީޔޫ އިން އެ ގައުމު ވަކިވުމުން އިނގިރޭސި ވިލާތުގެ މާކެޓް މިހާރު ނޭނގުމެއްގެ ތެރޭގައިވާ ކަމަށް ޚާރިޖީ ވަޒީރުގެ ނައިބް ހަރުޝާ ޑި ސިލްވާ ވިދާޅުވި އެވެ. ލަންކާ އިން ދަނީ އެ ގައުމުގެ އެކްސްޕޯޓަށް ލުއި ޓެރިފެއް ހޯދައިދިނުމަށް އެދި އީޔޫއާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ. އިނގިރޭސި ވިލާތަކީ އީޔޫގެ ތެރޭން ލަންކާގެ އެންމެ ބޮޑު އެކްސްޕޯޓް މާކެޓް އޮތް ގައުމެވެ. އަދި އެމެރިކާ ފިޔަވައި ލަންކާގެ ދެ ވަނަ އަށް އެންމެ ބޮޑު އެކްސްޕޯޓް މާކެޓަކީ ވެސް އިނގިރޭސިވިލާތެވެ.
ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ: ޚިޔާލު ހޯދުމުގެ ވޯޓުގައި ގިނަ މީހުން ބޭނުންވީ އީޔޫ އިން އިނގިރޭސިން ވަކިވުމަށް. --ފޮޓޯ:ބީބީސީ
ހަރުޝާ ވިދާޅުވީ އިނގިރޭސި ވިލާތް ވަކިވުމުން ޕައުންޑުގެ އަގު ދަށަށް ދިއުމަކީ ވެސް ލަންކާގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރެއް ކަމަށެވެ.
ހަރުޝާ އާއި ލަންކާ ސަރުކާރުގެ އިސް ވަފުދެއް މިދިޔަ ހަފުތާގައި ލަންޑަނަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވޭ ލަންކާ ނަސްލުމުގެ މީހުން އިނގިރޭސި ވިލާތް އީޔޫ އިން ވަކި ނުވުމަށް ވޯޓު ދިނުމަށް ބާރު އެޅުމަށް ވަނީ ކެމްޕޭން ކޮށްފަ އެވެ.
ހަރުޝާ ވިދާޅުވީ އިނގިރޭސި ވިލާތުގެ މާކެޓުން ލިބުނު އުނިކަން ފޫބެއްދުމަށް އިންޑިއާ އާއި ޗައިނާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ވަރަށް އަވަހަށް ގާއިމް ކުރާނެ ކަމަށެވެ. އަދި ސިންގަޕޫރާއި ޖަޕާން އަދި ދެކުނު ކޮރެއާ އެކު ވެސް ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ
އީޔޫގެ ލީޑަރުންނާ ކެމަރަން ބައްދަލު ކުރައްވަނީ
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
14 ވަޒީރުންގެ އިސްތިއުފާއާއެކު އާ ޓީމެއް އެކުލާލައިފި
ގޮންޖެހުމާ ކުރިމަތިލާ ވަރަށް ޔޫކޭގެ އިގްތިސާދު ވަރުގަދަ
ވޯޓާއެކު އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީ ބައިބައިވެއްޖެ
ޚިޔާލު ހޯދުމުގެ އާ ވޯޓެއް ނަގަން 1.5 މިލިއަން ސޮއި
ވާން އުޅޭ ގޮތެއް ގިނަ މީހުންނަށް އެނގުނީ ވޯޓަށް ފަހު
އީޔޫ އިން ވަކިވުމާ އެކު ސްކޮޓްލެންޑުން ގޮތެއް ނިންމަނީ
ޕައުންޑުގެ އަގު ވެއްޓި، ސްޓޮކް މާކެޓްތައް ވެސް ދަށަަށް