Roadha Mihaaru
ޕައުންޑުގެ އަގު ވެއްޓި، ސްޓޮކް މާކެޓްތައް ވެސް ދަށަަށް

އިނގިރޭސިންގެ ނިންމުމާ އެކު ޕައުންޑުގެ އަގު ވެއްޓި، ސްޓޮކް މާކެޓްތައް ވެސް ދަށަަށް

24 ޖޫން 2016

ލަންޑަން (ޖޫން 24) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމަށް އެ ގައުމުގެ ރައްޔިތުން ނިންމުމާ އެކު ޑޮލަރާ އަޅާބަލާއިރު ޕައުންޑުގެ އަގު ވެއްޓި ދުނިޔޭގެ ސްޓޮކް މާކެޓުތައް ވެސް ދަށްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 24) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމަށް އެ ގައުމުގެ ރައްޔިތުން ނިންމުމާ އެކު ޑޮލަރާ އަޅާބަލާއިރު ޕައުންޑުގެ އަގު ވެއްޓި ދުނިޔޭގެ ސްޓޮކް މާކެޓުތައް ވެސް ދަށްވެއްޖެ އެވެ.

ސްޓާލިން ޕައުންޑުގެ އަގު ވަނީ 10 ޕަސެންޓް ދަށްވެފަ އެވެ. މިއީ ވޭތުވެދިޔަ 31 އަހަރު ދުވަހު ތެރޭ ނުވާވަރުގެ ދަށްވުމެކެވެ. ޑޮލަރާ އަޅާބަލާއިރު ޔޫރޯގެ އަގު ވެސް ވަނީ ދަށްވެފަ އެވެ.

އީޔޫ ރިފަރެންޑަމްގެ ނަތީޖާއާ އެކު އީޓީސީ ކެޕިޓަލްގެ މުވައްޒަފުން މަސައްކަތުގައި. --ފޮޓޯ:އޭއެފްޕީ

އީޔޫ ރިފަރެންޑަމްގެ ނަތީޖާއާ އެކު އީޓީސީ ކެޕިޓަލްގެ މުވައްޒަފުން މަސައްކަތުގައި. --ފޮޓޯ:އޭއެފްޕީ

އީޔޫ އިން ވަކިވުމަށް އިނގިރޭސިން ނިންމުމާ އެކު ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރުމާ އެކު މިއަދު ހެނދުނު ވަނީ ލަންޑަން ސްޓޮކް މާކެޓް ފަސް ޕަސެންޓަށް ވެއްޓިފަ އެވެ. ރޯޔަލް ބޭންކް އޮފް ސްކޮޓްލެންޑް އާއި ބާކްލޭސް އަދި ލޮއިޑްސްގެ މާކެޓް އަގު ވަނީ ހަތަރު ބައިކުޅަ އެއްބަޔާ ގާތަށް ދަށަށް ގޮސްފަ އެވެ.

"އިނގިރޭސި ރައްޔިތުން ވޯޓުދީފައި މި ވަނީ ތަޖްރިބާކާރުންގެ އިގްތިސާދީ އިންޒާރުތަކާ ދެކޮޅަށް. މިއަދު ހެނދުނު ލިބުނު ނަތީޖާއާ އެކު ދުނިޔޭގެ މާލީ ބާޒާރަށް މި ވަނީ ޝޮކެއް ލިބިފައި،" ކްރެޑިޓް ރިސާޗުގެ އިކޮނޮމިސްޓެއް ކަމަށްވާ ޑެނިއަލް ވަރްނައްޒާ ވިދާޅުވި އެވެ.

އީޔޫ ރިފަރެންޑަމްގެ ނަތީޖާއާ އެކު އީޓީއެކްސް ކެޕިޓަލްގެ މުވައްޒަފަކު މަސައްކަތުގައި. --ފޮޓޯ:އޭއެފްޕީ

އީޔޫ ރިފަރެންޑަމްގެ ނަތީޖާއާ އެކު އީޓީއެކްސް ކެޕިޓަލްގެ މުވައްޒަފަކު މަސައްކަތުގައި. --ފޮޓޯ:އޭއެފްޕީ

ޔޫރޯޒޯނުގެ ބޮޑެތި މާކެޓްތައް ކަމަށްވާ ފްރެންކްފަޓް އަދި ޕެރިސް މާކެޓް ވަނީ 10 ޕަސެންޓް ދަށްވެފަ އެވެ. މިލާން ސްޓޮކް 10 ޕަސެންޓް، މެޑްރިޑް 12 އަދި އެތެންސް މާކެޓް ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ. އިނގިރޭސިން އީޔޫ އިން ވަކިވުމަށް ނިންމައިފި ނަމަ ދުނިޔޭގެ މާލީ ބާޒާރަށް ލޮޅުން އަރާނެ ކަމަށް ވޯޓުގެ ކުރިން ވެސް އިގްތިސާދީ ތަޖްރިބާކާރުން ދިޔައީ އިންޒާރު ދެމުންނެވެ.

އީޓީއެފް ސެކިއުރިޓީސްގެ ހެޑް އޮފް ރިސާޗް އެންޑް އިންވެސްޓްމަންޓް ޖޭމްސް ބަޓަފިލް ބްލޫމްބާގު ނިއުސް އަށް ވިދާޅުވީ ވޯޓުގެ ނަތީޖާއާ އެކު މާލީ ބާޒާރަށް އައި ބަދަލު ވަރަށް ގިނަ އިންވެސްޓަރުންގެ ފައިސާ ގެއްލިގެންދާނެ ކަމަށެވެ.

ޓޯކިޔޯގެ ފޮރިން އެކްސްޗޭންޖް އޮފީހަށް މީހުން ޒިޔާރަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޓޯކިޔޯގެ ފޮރިން އެކްސްޗޭންޖް އޮފީހަށް މީހުން ޒިޔާރަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބޭންކް އޮފް ޖަޕާނުން ބުނެފައި ވަނީ އެހެން މަރުކަޒީ ބޭންކްތަކާ ގުޅިގެން މާލީ ބާޒާރަށް އިތުރަށް ފައިސާ ނެރެން ތައްޔާރަށް އޮތް ކަމަށެވެ. ބޭންކް އޮފް އިންގްލެންޑުން ބުނެފައި ވަނީ މާލީ ބޮޑު މައްސަލަ ގަނޑަކަށް ނުދިއުމަށް މާލީ ނިޒާމުގެ ތެރެއަށް 250 ބިލިއަން ޕައުންޑް (370 ބިލިއަން ޑޮލަރު، 326 ބިލިއަން ޔޫރޯ) ނެރެން ތައްޔާރަށް އޮތް ކަމަށެވެ.