25 ޖޫން 2016
ލަންޑަން (ޖޫން 25) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް އެ ގައުމުގެ މީހުން ވޯޓު ދީފި އެވެ. އެކަމަށް ތާއީދުކުރި މީހުން ކާމިޔާބީގެ އުފާ ދަނީ ފާހަގަ ކުރަމުންނެވެ. އެކަމަކު ވޯޓުލީ ގިނަ މީހުންނަށް މި ކުރެވުނީ ކޮން ކަމެއްކަން އެނގުނީ މާ ފަހުން ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފި އެވެ.
ލަންޑަން (ޖޫން 25) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް އެ ގައުމުގެ މީހުން ވޯޓު ދީފި އެވެ. އެކަމަށް ތާއީދުކުރި މީހުން ކާމިޔާބީގެ އުފާ ދަނީ ފާހަގަ ކުރަމުންނެވެ. އެކަމަކު ވޯޓުލީ ގިނަ މީހުންނަށް މި ކުރެވުނީ ކޮން ކަމެއްކަން އެނގުނީ މާ ފަހުން ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފި އެވެ.
އީޔޫ އިން ވަކިވުމަށް ދިން ވޯޓާ އެކު ޕައުންޑުގެ އަގު ވޭތުވެދިޔަ 31 އަހަރު ދުވަހު ތެރޭ ނުދާ ވަރަށް ދަށަށް ދާން ފެށުމުން ބައެއް މީހުންނަށް ވަނީ އެއީ އީޔޫ އިން ވަކިވާން ދިން ވޯޓުގެ ނަތީޖާކަން އެނގިފަ އެވެ. ބައެއް މީހުން މިހާރު ވަނީ އީޔޫ އިން ވަކިވާން ވޯޓު ދެވުނީތީ ދެރަވާ ކަމަށް ބުނެފަ އެވެ.
"އަހަރެން ވޯޓު ދިނީ އީޔޫ އިން ވަކިވާން. އެކަމަކު އަނެއް ދުވަހު ހޭލި އިރު މި ވަނީ އެކަމުގެ ހަގީގަތް އެނގިފައި،" ވޯޓު ދިން އަންހެނަކު އައިޓީވީ ނިއުސް އަށް ބުންޏެވެ. "ވޯޓުލާން ދެން އަހަންނަށް ފުރުސަތު ލިބިއްޖެ ނަމަ ވޯޓު ދޭނީ އިނގިރޭސި ވިލާތް އީޔޫގައި ދެމި އޮތުމަށް."
ބުރާސްފަތި ދުވަހު ވޯޓުލަމުން ދިޔަ އިރު ވެސް އިނގިރޭސި ބައެއް ރައްޔިތުން ވަނީ އީޔޫ އިން ވަކިވެއްޖެ ނަމަ ދެން ވެދާނެ ގޮތް ގޫގްލްކޮށްފަ އެވެ. ގޫގްލް އިން ބުނީ ވޯޓުލުން ބަންދުވާން އަށް ގަޑިއިރަށްވީ އިރު ވެސް އީޔޫ އިން ވަކިވުމުން ވާނެ ގޮތެއް ސާޗު ކުރަމުން ދިޔަ މީހުން ވަނީ ތިން ގުނަ އިތުރުވެފަ އެވެ.
އީޔޫ އިން ވަކިވާން ރައްޔިތުން ނިންމުމާ އެކު ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކެމަރަން ކެމްޕޭން ކުރެއްވީ އީޔޫ އިން ވަކި ނުވުމަށެވެ.
އިނގިރޭސި ރައްޔިތުންގެ ނިންމުމާ އެކު ދެން އޮންނާނީ އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މިކަމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އިނގިރޭސިން އީޔޫ އިން ވަކިވުމުން ލަންކާގެ އިގްތިސާދަށް ގެއްލުން
ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ
އީޔޫގެ ލީޑަރުންނާ ކެމަރަން ބައްދަލު ކުރައްވަނީ
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
14 ވަޒީރުންގެ އިސްތިއުފާއާއެކު އާ ޓީމެއް އެކުލާލައިފި
ގޮންޖެހުމާ ކުރިމަތިލާ ވަރަށް ޔޫކޭގެ އިގްތިސާދު ވަރުގަދަ
ވޯޓާއެކު އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީ ބައިބައިވެއްޖެ
ޚިޔާލު ހޯދުމުގެ އާ ވޯޓެއް ނަގަން 1.5 މިލިއަން ސޮއި
އީޔޫ އިން ވަކިވުމާ އެކު ސްކޮޓްލެންޑުން ގޮތެއް ނިންމަނީ
ޕައުންޑުގެ އަގު ވެއްޓި، ސްޓޮކް މާކެޓްތައް ވެސް ދަށަަށް