27 ޖޫން 2016
ލަންޑަން (ޖޫން 27) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުން ކުރިމަތިވާނެ މާލީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ވަރަށް ގައުމުގެ އިގްތިސާދު ވަރުގަދަ ކަމަށް މާލީ ވަޒީރު ޖޯޖް އޯސްބޯން ވިދާޅުވެއްޖެ އެވެ.
ލަންޑަން (ޖޫން 27) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުން ކުރިމަތިވާނެ މާލީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ވަރަށް ގައުމުގެ އިގްތިސާދު ވަރުގަދަ ކަމަށް މާލީ ވަޒީރު ޖޯޖް އޯސްބޯން ވިދާޅުވެއްޖެ އެވެ.
ވޯޓަށް ފަހު ދެއްވި ރަސްމީ ފުރަތަމަ ބަޔާނުގައި އޯސްބޯން ވިދާޅުވީ އިގްތިސާދަށް ކުދިކުދި ބަދަލުތައް ގެނައި ނަމަވެސް އިމަޖެންސީ ބަޖެޓެއް ހުށަހަޅަން ވެސް ނުޖެހޭނެ ކަމަށެވެ. މާލީ ވަޒީރުގެ ބަޔާނުގައި ވަނީ އިގްތިސާދަށް ގެންނަ ފިޔަވަޅުތައް އާ ބޮޑު ވަޒީރުގެ ބެއްލެވުމުގެ ދަށުން އެ އެޅުއްވުމަށް މަޑު ކުރުމަށް އެދިވަޑައިގެންފަ އެވެ.
އީޔޫ އިން ވަކިވުމަށް އިނގިރޭސިން ނިންމުމާ އެކު ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޯސްބޯން ވިދާޅުވީ ރައްޔިތުންގެ ނިންމުމާ އެކު ލިޒްބަން ޓްރީޓީގެ 50 ވަނަ މާއްދާގެ ދަށުން އީޔޫ އިން ވަކިވުމުގެ މަސައްކަތް ފަށަން ޖެހޭނީ ޔޫކޭ އިން ކަމަށެވެ.
މާލީ ވަޒީރު ވިދާޅުވީ ބޭންކް އޮފް އިންގްލެންޑުގެ ގަވަރުނަރު މާކް ކާނޭއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ބޭނުންވެއްޖެ ނަމަ ކޮންޓިންޖެންސީ ޕްލޭނަކަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ޔޫރަޕުގެ ގައުމުތަކުގެ މާލީ ވަޒީރުންނާއި އައިއެމްއެފް އަދި އެމެރިކާގެ މާލީ ވަޒީރާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާ ކަމަށް އޯސްބޯން ވިދާޅުވި އެވެ. އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަސައްކަތުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލީ ވަޒީރު ބަޔާން ދެއްވި އިރު ޕައުންޑުގެ އަގަށް ވަނީ ބަދަލު އަންނަން ފަށައިފަ އެވެ.
އިނގިރޭސިން އީޔޫ އިން ވަކިވުމުން ލަންކާގެ އިގްތިސާދަށް ގެއްލުން
ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ
އީޔޫގެ ލީޑަރުންނާ ކެމަރަން ބައްދަލު ކުރައްވަނީ
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
14 ވަޒީރުންގެ އިސްތިއުފާއާއެކު އާ ޓީމެއް އެކުލާލައިފި
ވޯޓާއެކު އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީ ބައިބައިވެއްޖެ
ޚިޔާލު ހޯދުމުގެ އާ ވޯޓެއް ނަގަން 1.5 މިލިއަން ސޮއި
ވާން އުޅޭ ގޮތެއް ގިނަ މީހުންނަށް އެނގުނީ ވޯޓަށް ފަހު
އީޔޫ އިން ވަކިވުމާ އެކު ސްކޮޓްލެންޑުން ގޮތެއް ނިންމަނީ
ޕައުންޑުގެ އަގު ވެއްޓި، ސްޓޮކް މާކެޓްތައް ވެސް ދަށަަށް