26 ޖޫން 2016
ލަންޑަން (ޖޫން 27) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކިވުމަށް ފެނޭތޯ ބެލުމަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު އިދިކޮޅު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި ޝެޑޯ ބައެއް ވަޒީރުންގެ މަގާމު ގެއްލިއްޖެ އެވެ.
ލަންޑަން (ޖޫން 27) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކިވުމަށް ފެނޭތޯ ބެލުމަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު އިދިކޮޅު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި ޝެޑޯ ބައެއް ވަޒީރުންގެ މަގާމު ގެއްލިއްޖެ އެވެ.
އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން އަށް ފާޑުކިޔުންތައް އަމާޒުވެ އޭނާގެ އިސްތިއުފާ އަށް ވަނީ ގޮވާލައިފަ އެވެ. އަދި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ދަނީ ބާރު އަޅަމުންނެވެ. މި ކަމަށް ފާޅުގައި ވަކާލާތު ކުރެއްވި ޝެޑޯ ފޮރިން މިނިސްޓަރު ހިލަރީ ބެން މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ބެން ވިދާޅުވީ ކޯބިންގެ ލީޑާޝިޕާއި އިންތިޚާބެއް ކާމިޔާބު ކުރުމަށް އޭނާގެ ގާބިލްކަމާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ޕާޓީގެ ލީޑަރުގެ މަގާމުގައި ޖެރެމީ ހުންނަވައިގެން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް ބެން ވިދާޅުވި އެވެ.
ބޮޑު ވަޒީރު ޑޭވިޑް ކެމަރަން (މ) ލޭބާ ޕާޓީގެ މެންބަރު ހިލަރީ ބެން (ވ) އަދި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން. --ފޮޓޯ:އޭއެފްޕީ
"ޖެރެމީ އަށް ފޯނުން ގުޅާ އަޅުގަނޑު ވާނީ އޭނާގެ ލީޑަޝިޕުގެ ދަށުން އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ދަންނަވާފައި. އެހެންވެ މަގާމުން ދުރުކުރީ،" ބެން ވިދާޅުވި އެވެ.
ލޭބާ ޕާޓީގެ ބައެއް ފަރާތްތަކުން ބުނީ އީޔޫގެ ވޯޓާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ކޯބިން އިޖާބާ ނުދެއްވައިފި ނަމަ ޝެޑޯ ވަރަށް ގިނަ ވަޒީރުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ލޭބާ ޕާޓީގެ ބައެއް ޕާލަމެންޓް މެންބަރުން މިހާރު ވަނީ ކޯބިންގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފަ އެވެ. ބެން މަގާމުން ވަކި ކުރުމުން ލޭބާ ޕާޓީގެ ސީނިއާ އެހެން މެންބަރުން ވެސް ވަނީ ފާޑު ކިޔަން ފަށައިފަ އެވެ
ޕާޓީގެ ތެރޭގައި މައްސަލަތައް އުފެދުމުން ޕާޓީ ސަލާމަތް ކުރުމަށް ބައެއް މެންބަރުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ ވޯޓު: ކާމިޔާބުކުރާނީ ކޮން ބައެއް؟
އިނގިރޭސިން އީޔޫ އިން ވަކިވުމުން ލަންކާގެ އިގްތިސާދަށް ގެއްލުން
ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ
އީޔޫގެ ލީޑަރުންނާ ކެމަރަން ބައްދަލު ކުރައްވަނީ
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
14 ވަޒީރުންގެ އިސްތިއުފާއާއެކު އާ ޓީމެއް އެކުލާލައިފި
ގޮންޖެހުމާ ކުރިމަތިލާ ވަރަށް ޔޫކޭގެ އިގްތިސާދު ވަރުގަދަ
ޚިޔާލު ހޯދުމުގެ އާ ވޯޓެއް ނަގަން 1.5 މިލިއަން ސޮއި
ވާން އުޅޭ ގޮތެއް ގިނަ މީހުންނަށް އެނގުނީ ވޯޓަށް ފަހު
އީޔޫ އިން ވަކިވުމާ އެކު ސްކޮޓްލެންޑުން ގޮތެއް ނިންމަނީ