03 ޖޫން 2019
އޮމާންކަމާ އެކު ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވާން އެއްބަސްވުމަކަށް ނާދެވުނަސް އޮކްޓޯބަރު 31 ގައި އެޖަމާއަތުން ވަކިވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރުކަމުގެ ރޭހުގެ ކުރީގައި އުޅުއްވާ ބޮރިސް ޖޯންސަން މިއަދު ވިދާޅުވެއްޖެ އެވެ.
އޮމާންކަމާ އެކު ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވާން އެއްބަސްވުމަކަށް ނާދެވުނަސް އޮކްޓޯބަރު 31 ގައި އެޖަމާއަތުން ވަކިވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރުކަމުގެ ރޭހުގެ ކުރީގައި އުޅުއްވާ ބޮރިސް ޖޯންސަން މިއަދު ވިދާޅުވެއްޖެ އެވެ.
އީޔޫއިން ވަކިވުމުގެ ކަންތައްތައް ތާވަލާ އެއްގޮތަށް ނުގެންދެވުމުން އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަންނަ ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ އެވެ. އެއާ އެކު ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމާއި ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް ވަޑައިގެންނެވުން އެންމެ ގާތީ ޖޯންސަން އެވެ.
ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖޯންސަން އަކީ އީޔޫއިން އިނގިރޭސިވިލާތް ވަކިވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގިއިރު އެކަމާ އެއްކޮޅަށް އެންމެ ވަރުގަދައަށް ކެމްޕޭން ކުރެއްވި އެއް ލީޑަރެވެ. އެކަމަކު އޭރު ރައްޔިތުންނަށް ދޮގު މައުލޫމާތު ދެއްވައި އޮޅުވާލި މައްސަލައެއް މިހާރު ވަނީ ކޯޓަށް ވައްދައިފަ އެވެ.
"އަޅުގަނޑަށް [ބޮޑުވަޒީރު ކަމުގެ މަގާމަށް] އާދެވިއްޖެއްޔާ އެއްބަސްވުމަކާ އެކުގައި ވިޔަސް ނުވަތަ ނޫން ކަމަށް ވިޔަސް [އީޔޫއިން] ނުކުންނާނަން،" ބޮޑުވަޒީރުކަމާއި ޕާޓީގެ ލީޑަރުކަމަށް ކެމްޕޭން ކުރެއްވުމަށް ޖޯންސަން ޓްވިޓާގައި އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި އެވެ.
ޖޯންސަންގެ ކެމްޕޭން ފެއްޓެވި ދުވަސް އިއްތިފާގުން ދިމާވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދުވަހާ އެވެ.
ޓްރަމްޕް ވަނީ ބޮޑުވަޒީރުކަމަށް ޖޯންސަން ވަޑައިގަތުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.
އިނގިރޭސި ބޮޑުވަޒީރުކަމުގެ ރޭހުގައި މިފަހަރު އޮތީ މައިގަނޑު ދެ ފަޅިއެކެވެ. އެއީ ރަސްމީ އެއްބަސްވުމެއް ނެތި އީޔޫއިން ވަކިވާން ގޮވާލާ ފަޅި އާއި އެފަދަ އެއްބަސްވުމެއް ނެތި ވަކިވެއްޖެ ނަމަ އެއީ އިގުތިސާދީ ގޮތުން ގެއްލުން ބޮޑު ކަމަކަށް ވާނެ ކަމަށް ގަބޫލުކުރާ ފަޅި އެވެ.
47 އަހަރަށް ފަހު އިނގިރޭސިވިލާތް އީޔޫއިން ވަކިވެއްޖެ
އިނގިރޭސި ޕާލަމެންޓުގެ ނިންމުން އީޔޫ އަށް
ދޮގު ހެދި މައްސަލައިގައި ޖޯންސަން ކޯޓަށް ގެންދަނީ
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ
އިނގިރޭސި ސުޕްރީމް ކޯޓުގެ ނިންމުން ސަރުކާރާ ދެކޮޅަށް
ކޯޓުގެ ނިންމުމާ އެކު އީޔޫން ވަކިވުން އޮޅުންގަނޑަކަށް
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
އިނގިރޭސިން ތާރީޚީ ވޯޓަކަަށް
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް
ދަތިކުރުންތަކުން ދެ ގައުމުގެ ގުޅުން މުޅިން ކެނޑިދާނެ: ރަޝިޔާ