04 ސެޕްޓެމްބަރ 2019
ރާއްޖޭގެ ތައުލީމީ ދާއިރާ މިހާރު އަމާޒު ހިފާފައި އޮތީ ބޮޑު ބަދަލަކާ ދިމާއަށް ކަމަަށާއި ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ފެންނާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ މިހާރު އަމާޒު ހިފާފައި އޮތީ ބޮޑު ބަދަލަކާ ދިމާއަށް ކަމަަށާއި ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ފެންނާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިއަދު ފެށި ފަސް ވަނަ އިންޓަނެޝަލް ޓީޗާސް ކޮންފަރެންސް ފައްޓަވައި ދެއްވުުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު އެއް ވައުދަކީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ކުރިއަރުވައި ތައުލީމީ ގާބިލު ޖީލުތަކެއް ބިނާކުރުން ކަމަށެވެ.
އެކަމަށް އަމާޒުކޮށްގެން ސަރުކާރުން މިހާރު ވެސް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށާއި ތައުލީމީ ދާއިރާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނަ އިރު، ބޭރު ގައުމުތަކުގެ ތައުލީމީ ދާއިރާ ބައްޓަންކުރަމުން އަންނަ ގޮތާއި ގައުމުގެ ތަޖުރިބާ ވެސް ރާއްޖެ އަށް ވަރަށް މުހިއްމެވެ.
Schools must cater to the needs of all students. Every single student has the right to demand their teachers’ sincere attention and guidance, to not only increase their knowledge of subject matter, but to help them develop holistically into responsible and self-sufficient adults pic.twitter.com/BNwRAsCsk3
— Presidency Maldives (@presidencymv) September 4, 2019
އެގޮތުން ކިޔައިވައި ދިނުމުގެ ދާއިރާގައި މަތީ ފާސްތައް އޮންނަ މީހުން މަސައްކަތް ކުރުމަކީ ދަރިވަރުންގެ ހުނަރާއި ގާބިލިއްޔަތު އެތައް ގުނައަކަށް އިތުރުވާން ބާރު އަޅާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ ދާދިފަހުން އެ މަނިކުފާނު ފިންލެންޑަށް ވަޑައިގެން އެ ގައުމުގެ ތައުލީމީ ދާއިރާ ބައްޓަންކުރަމުންދާ ގޮތް ގެއްލެވި ކަމަށެވެ. އެގޮތުން ފިންޑަކީ މަތީ ފާސްތައް އޮންނަ ޓީޗަރުން ކިޔަވައިދޭ، ނަމޫނާ ނިޒާމެއް އޮތް ގައުމެއް ކަމަށް ވިދާޅުވި އެވެ.
Schools must cater to the needs of all students. Every single student has the right to demand their teachers’ sincere attention and guidance, to not only increase their knowledge of subject matter, but to help them develop holistically into responsible and self-sufficient adults pic.twitter.com/BNwRAsCsk3
— Presidency Maldives (@presidencymv) September 4, 2019
"ތައުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްގީ ކުރަން ހާއްސަ އިސްކަމެއް ދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއް ނަމަވެސް، އެ މަންހަޖުގެ ސަބަބުން އެ ގައުމަކީ ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގެ ތަޖުރިބާ އިން ފިލާވަޅު ހޯދައިގެން ކުރިއަށް ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތެވެ. އަދި ރާއްޖޭގެ ތައުމީލީ ސިޔާސަތަކީ ހުރިހާ އެންމެންނަށް ވެސް ފުރުސަތު އޮތް، ތަފާތު ކުރުންތަކާއި ބާކީކުރުންތައް ވެސް ނެތް ދާއިރާއެއްގެ ގޮތުގައި ކުރިއަށް ދިއުން ކަމަަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އިންޓަނެޝަނަލް ޓީޗާސް ކޮންފަރެންސް ފަދަ ކަންކަމަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގު ބައްޓަންކުރަން ލިބޭ ރަނުގެ ފުރުސުތަކެވެ. އެހެންވެ މިފަދަ ކޮންފަރެންސްތަކުގެ ބޭނުން ވީހާ ވެސް ރަނގަޅަށް ހިފައި ތަޖުރިބާތައް ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
މާލޭން ބޭރުގައި ބާއްވާ ފުރަތަމަ ޓީޗާސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގެ ބޭނުން ރާއްޖެ އަށް ވަރަށް ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވަން މީގެ 40 ވަރަކަށް އަހަރު ކުރިން ވެސް ރާއްޖޭގައި އެކި ފެންވަރުގެ ބައްދަލުވުންތައް އެކި ނަން ނަމުގައި ބާއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕްރިންސިޕަލުންނާއި ހެޑް މާސްޓަރުންނާއި ޓީޗަރުންނަށް ހާއްސަ އެކި ކަހަލަ ހަރަކާތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އަދި މިހާރު ވަކިން ހާއްސަކޮށް ޓީޗަރުންނަށް ހާއްސަ ކޮންފަރެންސްތައް ބޭއްވުމަކީ ތައުލީމީ ދާއިރާ އަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ކުރިއަށްދާ 5 ވަނަ އިންޓަނެޝަނަލް ޓީޗާސް ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މިއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައީ) އާއި އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީ ގުޅިގެން ބާއްވާ އެއްޗެކެވެ.
ޓީޗަރުންގެ ކޮންފަރެންސަށް އައްޑޫން ގިނަ ކަރުދާސްތަކެއް
ހިތަދޫގައި އިސްލާމިކް ސެންޓަރު އަޅަން ފަށައިފި
ޓީޗަރުންގެ ކޮންފަރެންސަށް 87 ކަރުދާސް
"ކޮންމެ ފަހަރަކު ސިސްޓަމް ބަދަލުކުރުމަކީ މައްސަލައެއް"
އުއްމީދާއި ޔަގީންކަމާ އެކު އިބޫ ކެމްޕޭން ނިންމާލައިފި
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
މޫނު ނިވާކޮށްގެން ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި
ވެލި ފުންޏަކަށް އަރައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް