02 ސެޕްޓެމްބަރ 2019
އަންނަ އަންގާރަ ދުވަހު އައްޑޫ ގައި ފަށާ މި އަހަރުގެ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސަށް އެންމެ ގިނަ ކަރުދާސް ހުށަހަޅާނީ އައްޑޫގެ ސްކޫލްތަކުން ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މިއަދު ބުނެފި އެވެ.
އަންނަ އަންގާރަ ދުވަހު އައްޑޫ ގައި ފަށާ މި އަހަރުގެ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސަށް އެންމެ ގިނަ ކަރުދާސް ހުށަހަޅާނީ އައްޑޫގެ ސްކޫލްތަކުން ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މިއަދު ބުނެފި އެވެ.
ކޮންފަރެންސް ކޯޑިނޭޓަރު ޝުހުދާ ރިޒްވާން "މިހާރު" އަށް ވިދާޅުވީ ކޮންފަރްންސް އައްޑޫގައި ބާއްވާތީ މި ފަހަރު ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކިއެކި ކަންކަމާ ގުޅޭ ކަރުދާސްތައް އެންމެ ގިނައިން ހުށަހެޅުމުގެ ފުރުސަތު ވެސް އައްޑު އަށް ފަހިވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެންމެ ގިނަ ކަރުދާސް ހުށަހަޅާފައި ވަނީ ހިތަދޫ ސްކޫލުންނެވެ.
"...އެކަމަކު، މީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިވާ ވަރަށް ގިނަ ސްކޫލްތަކާއި ބޭރުން ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކާއި ސްކޫލްތައް ނޫނަސް ކޮންފަރެންސްގައި ބައިވެރިވާ އިލްމީ ބޭފުޅުންގެ ވެސް ގިނަ ޕޭޕަރުތަކެއް ހުށަހަޅާނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުރިއަށް ގެންދާ ފަސް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި މި އަހަރު 250 ފަރާތަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، މެލޭޝިއާ އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.
ކޮންފަރެންސްގެ ތެރޭގައި ކަރުދާސްތައް ހުށަހެޅުމާއި ޕެނެލް ޑިސްކަޝަންތަކާއި އަދި އެ ނޫން ވެސް އިލްމީ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ޝުހުދާ ވިދާޅުވި ގޮތުގައި، ކޮންފަރެންސާ ގުޅޭ ހާއްސަ އިވެންޓެއް ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މާދަމާ ރޭ އޮންނާނެ އެވެ.
މި ކޮންރެންސް ރަސްމީކޮށް ފައްޓަވައި ދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެންއައިއީ އާއި އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީ ގުޅިގެން ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ހަރަކާތެކެވެ. އަދި އައްޑޫގައި ބާއްވާ ކޮންފަރެންސަކީ މާލޭން ބޭރުގައި މި ހަރަކާތް ބާއްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ކޮންފަރެންސަށް އައްޑޫން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން، އައްޑޫގެ ސްކޫލްތަކާއި އައްޑޫ ސިޓީ ކައުންސިލާއި އެހެނިހެން އޮފީސްތަކާއި އައްޑޫގެ ޖަމިއްޔާ، ޖަމާއަތްތަކުގެ އެހީތެރިކަން ކޮންފަރެންސްގެ ތައްޔާރީތަކަށް އަންނަނީ ލިބެމުންނެވެ.
ޓީޗާސް ކޮންފަރެންސަކީ ކިޔަވައި ދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ބާއްވާ ހަރަކާތެކެވެ.
ޓީޗަރުންގެ ކޮންފަރެންސް އެންމެ ފަހުން ބޭއްވީ 2017 ގަ އެވެ. ހަތަރު ވަނަ އެ ކޮންފަރެންސް ގައި 220 އަށް ވުރެ ގިނަ މީހުން އެ ފަހަރު ބައިވެރިވި އެވެ.
ޓީޗަރުންގެ ކޮންފަރެންސަށް 87 ކަރުދާސް
ތައުލީމީ ދާއިރާ އަމާޒު ހިފާފައި ވަނީ ބޮޑު ބަދަލަކަށް
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
22 އަހަރުފަހުން ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފި
ހިތަދޫ ކުޅި ސަރަހައްދުގައި ރޯވެއްޖެ
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ