13 ޖުލައި 2019
ގައުމުގެ ހިންގުމުގެ ނިޒާމު ކޮންމެ ފަސް އަހަރަކުން ބަދަލުކުރުމަކީ މައްސަލައެއް ކަމަށާއި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެން ވެރިކަމަށް އަންނަ ބަޔަކަށް ވެސް ކޮންމެ ފަހަރަކު ނުކުޅެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމުގެ ހިންގުމުގެ ނިޒާމު ކޮންމެ ފަސް އަހަރަކުން ބަދަލުކުރުމަކީ މައްސަލައެއް ކަމަށާއި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެން ވެރިކަމަށް އަންނަ ބަޔަކަށް ވެސް ކޮންމެ ފަހަރަކު ނުކުޅެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑު އާއި ފުވައްމުލަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ބެއްލެވުމަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އައްޑޫ ހައި ސްކޫލްގެ ކުދިންނާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން ގާއިމް ކުރަން ބޭނުންވަނީ ރައްޔިތުންގެ އިތުބާރު އޮތް ނިޒާމެއް ކަމަށެވެ.
"ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ތަނުގައި އޮންނަ ސިސްޓަމް ބަދަލުކުރަން ޖެހުމަކީ މައްސަލައެއް. ސިސްޓަމް ބަދަލުކުރަން ޖެހެނީ ރަނގަޅު ސިސްޓަމެއް ނެތީމާ. މި ސަރުކާރުގެ ވިސްނުން މިހުރީ ފަސް އަހަރު ފަހުން ނޫނިއްޔާ ދެން އަންނަ ބަޔަކަށް ވެސް ނުކުޅެވޭނެ ސިސްޓަމެއް ގާއިމް ކުރުމަށް،" އައްޑޫ ހުޅުމީދު އަށް ފަހު ހިތަދޫގައި ވާހަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އެންމެ އުފެއްދުންތެރި މަޖިލީހެވެ. ފައިސަލަކީ ވެސް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ އެކަން މިހާރު ފާހަގަކުރެއްވޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"މަޖިލީހުން އެ ކުރާ މަސައްކަތްތަކާ އެކު، ރަނގަޅު ސިސްޓަމެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގާއިމް ކުރެވޭނެ. އެ ސިސްޓަމްގެ މަތީގައި ތަރައްގީގެ ބިންގާ ކުރިއަށް ގެންދެވޭނެ،" ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސަރުކާރުގެ މައިގަނޑު ކަމަކީ ކޮންމެ ރައްޔިތެއްގެ އަޑުއެހުން ކަމަށެވެ. ޚާއްސަކޮށް އައްޑޫގެ ކޮންމެ ރައްޔިތެއްގެ ވާހަކަ މި ސަރުކާރުން އަހާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭނުންވާ ކަންތައް ހޯދޭނެ. ދިވެހިރާއްޖޭގައި ކުރިއަށް ހުރި ކަންކަން ކުރިއަށް ދާނީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަކަށް. ރައްޔިތުން ބޭނުންވާ ޓްރާންސްޕޭރެންސީ ފެނިގެންދާނެ. ވަކި މީހަކަށް، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންތައް ކުރާހާ ހިނދަކު އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން ގާއިމް ވެގެން ނުދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވާން ޖެހެ އެވެ. އަދި ވިދާޅުވީ، ވަކިވަކިން ނަތީޖާ ހާސިލް ކުރުމުން ކާމިޔާބު ނުވާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ކާމިޔާބު ވާނީ ކޮންމެ މީހެއްގެ ވެސް އަޑުއަހައިގެން. މި ގައުމުގައި ނުހުންނާނެ މުހިންމުކަން ކުޑަ އެއްވެސް މީހެއް. މި ސިޓީގައި ހުރި ކޮންމެ މީހަކީ، މި ދިވެހިރާއްޖޭގައި ހުރި ކޮންމެ މީހަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް، އަޅުގަނޑުމެންނަށް ވަރަށް މުހިންމު މީހެއް. އެއިން ކޮންމެ މީހެއްގެ އަޑު މިއަދު އެހުން އެއީ އަޅުގަނޑުމެންނަށް މި ގައުމުގައި ހަމަޖެހުން އަދި ތަރައްގީ ހޯދޭނެ ގޮތަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި، މި ސިޓީގެ ތަރައްގީ އަށް ހުރި ގޮންޖެހުންތައް އޮޅުން ފިލުއްވި އެވެ. އަދި އައްޑޫގައި ހަދަމުން އަންނަ އާ ހޮސްޕިޓަލަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.
ފައިސަލްގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގަންނަވާނީ މިއަދު ހަވީރެވެ.
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން
ހިތަދޫގައި އިސްލާމިކް ސެންޓަރު އަޅަން ފަށައިފި
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
ތައުލީމީ ދާއިރާ އަމާޒު ހިފާފައި ވަނީ ބޮޑު ބަދަލަކަށް
މިވަގުތު އެންމެ އިސްކަންދޭންވީ ސިޓީ ސްކެއާ އަށް؟!
އައްޑޫ މޭޔަރުގެ މާޔޫސް ވާހަކަތައް!
މަޝްރޫއުތައް ބައްލަވަން ފައިސަލް އައްޑޫ،ފުވައްމުލަކަށް