Roadha Mihaaru
މަޝްރޫއުތައް ބައްލަވަން ފައިސަލް އައްޑޫ،ފުވައްމުލަކަށް

ތަރައްގީގެ މަޝްރޫއުތައް ބައްލަވަން ނައިބު ރައީސް ފައިސަލް، އައްޑު އާއި ފުވައްމުލަކަށް

13 ޖުލައި 2019

އައްޑު އާއި ފުވައްމުލަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އައްޑު އާއި ފުވައްމުލަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް މިއަދު ހަވީރާ ހަމައަށް އުޅުއްވާނީ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ބެއްލެވުމުގަ އެވެ. އެގޮތުން ހުޅުމީދޫގެ މަގުހަދާ ސަރަހައްދާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރާ އާ ހޮސްޕިޓަލް އަދި އައްޑޫ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާނެ އެވެ.

މީގެ އިތުރުން ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު ވެސް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ ސިޓީގެ ހާލަތު އޮޅުން ފިލުއްވާނެ އެވެ.

ހުޅުދޫގެ މަގުހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ނައިބު ރައީސް މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: މިހާރު

ހުޅުދޫގެ މަގުހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ނައިބު ރައީސް މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: މިހާރު

ނައިބު ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރުމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގައި 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.