Roadha Mihaaru
ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އަލުން ފަށައިފި

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އަލުން ފަށައިފި

17 އެޕްރީލް 2019

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އަލުން އިފްތިތާހުކޮށް ދެއްވައިިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އަލުން އިފްތިތާހުކޮށް ދެއްވައިިފި އެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. އެކަމަކު އެ މަސައްކަތް ނުކުރެވި އޮތުމުން އާ ސަރުކާރުން ވަނީ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އަލުން ފެށި އިރު، މަގުތަކުގެ މަސައްކަތް ކުރިއަށް ދާނީ ރަނގަޅަށް ފަރުމާކޮށްގެން ކަމަށާއި މަގުތައް ހެދުމުގައި އިސްކަން ދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއް ކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި މަގުމަތީގައި ގަލާއި ތާރު އަޅާ އިރު، މަގުތަކުގައި ދުއްވާ މީހުން ޓްރެފިކް ގަވައިދުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.