މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ އިން ފެށިގެން އައްޑޫގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، އޭނާގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ރޭ އިންތިޚާބު ކުރި ފައިސަލް ނަސީމް ވެސް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
14 ޖުލައި 2018
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ އިން ފެށިގެން އައްޑޫގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، އޭނާގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ރޭ އިންތިޚާބު ކުރި ފައިސަލް ނަސީމް ވެސް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ރޭ ބޭއްވި ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި، ކާށިދޫ ދާއިރާގެ މެމްބަރު އަދި ފުވައްމުލަކަށް އުފަން ފައިސަލް ރަނިންމޭޓަކަށް އިންތިޚާބުކުރީ 15 ވޯޓުންނެވެ.
އިބޫއާ އެކު ކެމްޕޭން ކުރެއްވުމަށް ފައިސަލް މިއަދު ހެނދުނު އައްޑު އަށް ވަޑައިގަތުމުން، އިދިކޮޅު ޕާޓީތަކަށް ތާއީދު ކުރާ ބައެއް މީހުން އެއާޕޯޓުން މަރުހަބާ ކިޔާފައި ވެ އެވެ. މި ދަތުރުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ، ރަނިންމޭޓު ހޮވުމުގެ އިންތިޚާބުގައި ފައިސަލާ އެންމެ ގާތުން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް އައްޑު ވަޑައިގެންނެވި ކަމެވެ. ރަނިންމޭޓަކަށް ފައިސަލް އިންތިޚާބުވީ، އަލީ ހުސައިނަށް ވުރެ އިތުރަށް އެންމެ ވޯޓެއް ލިބިވަޑައިގެންނެވެ. ގާނޫނީ ވަކީލް އަލީ ހުސެއިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ.
ފައިސަލް، ގަން އެއާޕޯޓު ގައި މީޑިއާ އަށް ވިދާޅުވީ ރަނިންމޭޓުގެ ގޮތުގައި ފުރަތަމަ އަށް ވެސް އައްޑު އަށް ވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ފައިސަލް ވިދާޅުވީ، އައްޑު އަކީ ވަރަށް ކުރިއްސުރެ އޭނާ ވަޑައިގަންނަވާ އަދި އާއިލާގެ ވަރަށް ގިނަ ބަޔަކު އައްޑޫގެ އެކިއެކި އަވަށްތަކުގައި ތިބި ސިޓީއެކެވެ.
ޖޭޕީގެ ފައުންޑަ މެމްބަރު ގާސިމްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ފައިސަލް ވިދާޅުވީ، ރާއްޖޭގެ ތަރައްގީ ފެށިގެން އައީ އައްޑޫން ކަމަށާއި ރާއްޖެ ތަރައްގީ ވެސް ކުރެވެނީ އެ ސިޓީން ކަމަށެވެ. އެހެންވެ، އެކަމަށް ޚާއްސަ ސަމާލު ކަމެއް ދީގެން އައްޑޫ ރައްޔިތުން އާ ރޫހެއްގައި މި ފަހަރު މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ތަރައްގީ ފެށިގެން އައީ އައްޑޫ ގަމުންނެވެ. އެގޮތުން، އެއީ އެންމެ ފުރަތަމަ އެއާޕޯޓް ވެސް ބިނާ ކުރި ރަށް ކަމަށާއި ގަމަކީ ސިއްހީ ދާއިރާ އިން ވެސް ފާހަގަކޮށްލެވުނު ރަށެއް ކަމަށް ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންނާ ނުލައެއް އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކާމިޔާބު ކުރެވޭކަށް ނެތް."
"އަޅުގަނޑު އައްޑޫ ރައްޔިތުންނަށް ގޮވާލަން ބޭނުން ވަނީ ތި ބޭފުޅުން މީގެ ފަސްދޮޅަސް އަހަރު ކުރިން ފެށިގެން ދައްކުވައި ދިން ނަމޫނާ އަލުން ތަކުރާރުކޮށް އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބު ކުރުމަށްްޓަކައި އައްޑޫ ރައްޔިތުން އެބަ ޖެހޭ ކުރި އަށް ވުރެ ބޮޑަަށް އެކަން ދައްކުވައި ދޭން،" ފައިސަލް ވިދާޅުވި އެވެ.
"ރާއްޖެ އަށް މި ހުރިހާ ކަމެއް [ތަރައްގީ] ހޯދައި ދިނުމުގައި އަޅުގަނޑު ގަބަލޫ ކުރަނީ އެންމެ ކުރީއްސުރެ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބަޔަކީ އައްޑޫ ރައްޔިތުންނޭ. އައްޑޫ ރައްޔިތުންނާ ނުލައެއް އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކާމިޔާބު ކުރެވޭކަށް ނެތް. އަޅުގަނޑު ގަބޫލު ކުރަނީ އުންމީދު ކުރަނީ އަޅުގަނޑުމެންނާ އެކު އައްޑޫން ބައިވެރިވި މި ޓީމަކީ އިސްލާހަށް މަސައްކަތް ކުރާ ރާއްޖޭގެ ތަރައްގީ އަށް މަސައްކަތް ކުރާ މި ޓީމުގެ މަސައްކަތު މުޅި ދިވެހި ގައުމުގެ ރައްޔިތުން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ލިބިގެން ދާނެ ކަމަށް."
ފައިސަލް ވިދާޅުވީ ރާއްޖޭގެ ތިން ސިޓީ ކަމަށްވާ މާލެ އާއި އައްޑޫގެ އިތުރުން އޭނާ ނިސްބަތްވާ ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖޭން އިދިކޮޅު ޕާޓީ އަށް މި ފަހަރުގެ އިންތިހޚާބުގައި އަޣުލަބިއްޔަތު ދޭނެ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ދޮރުންދޮރަށް ކެމްޕޭން މިއަދު އައްޑޫގައި ރަސްމީކޮށް ލޯންޗް ކުރާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މިއަދު މި ހަރަކާތް ފަށާނެ އެވެ.
އިބޫ އާއި ފައިސަލް ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރުގައި މިއަދު ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އަނެއްކާ ވެސް މާދަމާ އައްޑު އަށް ވަޑައިގެން ދޮރުންދޮރަށް ކެމްޕޭން ކުރައްވާނެ އެވެ.
ދަތުރު ނިންމާލައި އައްޑޫން ފުރާވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ.
ފައިސަލްގެ ޗެލެންޖް ޕީޕީއެމަށް!
އަޅުގަނޑުގެ "އަސްލު ސޫރަ" ބަދަލެއް ނުވާނެ: އިބޫ
ފަހު ދަތުރުގައި އިބޫ އާއި ފައިސަލް އައްޑު އަށް
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް
ޝައްކު ނުކުރައްވާ، ހުވާ ކުރައްވާނީ އިބޫ: ގާސިމް
އޯގާތެރި ސަރުކާރެއް ހޯދައިދޭން އިބޫ ވައުދުވެވަޑައިގެންފި