Roadha Mihaaru
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް

އިބޫގެ ވެރިކަމުގައި ރައްޔިތުން މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް

06 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ޒައާމަތުގައި ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށާއި ގުޅިފައިވާ ކޯލިޝަން ދެމިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ޒައާމަތުގައި ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށާއި ގުޅިފައިވާ ކޯލިޝަން ދެމިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވީ ދިވެހިންގެ ހެޔޮ ވިސްނުމާއި ގަދަ ހިތްވަރުގެ ސަބަބުން ކަމަށެވެ.

ގާސިމް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސް އިބޫ ގައިގައި ބައްދާލައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާސިމް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސް އިބޫ ގައިގައި ބައްދާލައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުން މިއަދު ބަލައިގަންނަނީ އިންސާފާއި ހަމަ އާއި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ކުރާނެ ބޭފުޅެކެވެ. އަދި ދައުލަތުގެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރައްވާނެ ލީޑަރެއް ރައްޔިތުން މިއަދު ބޭނުންވެފައި ތިބި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަށަވަރު ރާއްޖޭގެ ރައްޔިތުން މާޔޫސްވާކަށް ނުޖެހޭނެ އެމަނިކުފާނުގެ (އިބޫ) ގެ ރިޔާސަތުގައި. އަޅުގަނޑުމެންގެ ކޯލިޝަން ވެސް ދެމިގެންދާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ރާއްޖޭގެ ހަޒާނާ އިން ކޮރަޕްޝަންގެ ގޮތުގައި ފައިސާތަކެއް ގެއްލިގެން ދިއުމުންނާއި މީހުންނަށް އަނިޔާ ކުރުމުންނާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އިންތިހާ ދަރަޖައަށް ގިނަވުމުގެ ސަބަބުންނެވެ. އަދި ރައީސް ޔާމީނަށް އެހީތެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅެއްގެ ގައިގައި "ޖެއްސެވި" ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބުގައި ކުރިމަތިލާނެހެން ހީވާ ކޮންމެ ބޭފުޅަކު ދުއްވާލި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. އެއީ ކޮން ފަރާތަކުން ކާކު ރޭވި ކަމެއް ކަމެއް ނޭނގޭ. މި ދެންނެވި ގޮތަށް ހުރިހާ ބޭފުޅުންނަށް ވެގެން ދިއުމަކީ އިއްތިފާގެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ރާއްޖެ ވަޑައިގެން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގައިގައި ބައްދާލައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ރާއްޖެ ވަޑައިގެން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގައިގައި ބައްދާލައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ކޯލިޝަނަކީ ކަން ކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ ރައްދުގައި ގާސިމް ވިދާޅުވީ "ކޮކްޓެއިލަކީ ވަރަށް މޮޅު" އެއްޗަކަށް ވެފައި އެބަހުރި ކަމަށެވެ. އެކަން ރައީސް ޔާމީނަށް ސާބިތުވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދަވައިގެން ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ ސަޕޯޓަރުންގެ ބޮޑެތި އެހީތެރިކަމާއެކުގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.