01 ސެޕްޓެމްބަރ 2019
ކަނޑު ދަތުރުތައް ކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމަށް ސިފައިންގެ ކޯސްޓް ގާޑާއި ފުލުހުންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކަނޑު ދަތުރުތައް ކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމަށް ސިފައިންގެ ކޯސްޓް ގާޑާއި ފުލުހުންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވި ހާދިސާ އަށް ފަހު ގިނަ ބަޔަކު އަންނަނީ ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.
ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ލައިފް ޖެކެޓް ހުރުން މިހާރު ވެސް ގަވައިދުން ލާޒިމް ކުރެ އެވެ. ނަމަވެސް ދަތުރު ކުރާއިރު އެ އަޅައިގެން ތިބޭކަށް ނުޖެހެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރުކުރުމާ މެދު ގޮތެއް ނިންމާނީ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.
"މިހާރު ވަނީ މަޝްވަރާތައް ކުރެވިފައި. އަދިވެސް މަޝްވަރާތައް ކޮށް ގޮތެއް ނިންމާނީ. އަދި ސީދާ ވަކި ދުވަހެއް ދަންނަވަން ދަތި،" އާދިލް ވިދާޅުވި އެވެ.
ރާއްޖޭގައި ދަތުރުކުރާ މީހުން ލައިފް ޖެކެޓް އަޅައިގެން ތިބޭތީ ފެންނަނީ މަދު އުޅަނދެއްގަ އެވެ. ދަތުރުކުރާގައި ފަސިންޖަރުންނާއި ކުރޫއިން ލައިފްޖެކެޓް އަޅައިގެން އާންމުކޮށް ތިބެނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ޓޫރިސްޓުން އުފުލާ އުޅަނދުތަކުގަ އެވެ. އާންމު ގިނަ އުޅަނދުތަކުގައި ލައިފް ޖެކެޓްތައް ކޮތަޅަށް ލައި، ރައްކާކޮށްފައި ހުންނައިރު އެއިން އެއްޗެއްގެ ބޭނުން ޖެހިގެން ކުއްލި ހާލަތެއްގައި ނަގަން ޖެހުނަސް ފަސޭހައިން ނެގޭނެ ގޮތެއް ވެސް ނުހުރެ އެވެ.
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ނުރައްކާތެރިކޮށް ލޯންޗު ދުއްވުމުން ފިޔަވަޅު އަޅައިފި
ސައިލެންސަރަށް ބަދަލު ގެންނަ ވެހިކަލްތައް ހިފަހައްޓަނީ
ބިޔަ ސްކޭމެއް، އެކަކުގެ ނަމުގައި 100 ވެހިކަލް!
ރަސްފަންނާ ދިމާލު ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިފި
ލޯންޗުން ގެއްލުނު މީހާގެ މައުލޫމާތު އާންމުކޮށްފި
ކަނޑު ގަދަޔަސް ލައިފްޖެކެޓް މަތިން ހަނދާން ނުހުރޭ!
ކުދި އުޅަނދުގައި ދަތުރުކުރާ ނަމަ ލައިފްޖެކެޓް މަޖުބޫރު
ލައިފްޖެކެޓް މަޖުބޫރުވާ ގަވައިދު ގެޒެޓުކުރަން ފޮނުވައިފި