31 އޯގަސްޓް 2019
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނުކުޅޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނުކުޅޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ، އޭނާ ވަނީ އެ ދުވަހު ލަންކާގައި ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕް ދޫކޮށް މާލެ އައިސްފަ އެވެ. އެ ދުވަހު ގައުމީ ޓީމުގެ ޓްރެއިނިންތައް ވެސް މެދުކަނޑާލި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ގުއާމް މެޗުގައި އިއްބެ ނުކުޅޭނެ ކަމަށާއި މިއީ ދެ ފަރާތުން މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ވަގުތު އިއްބެ އަށް ވެސް އެންމެ މުހިއްމީ އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރުންކަމުގައިވާތީ އެ ފުރުސަތު ދޭން ނިންމީ ކަމަށް ޖަވާ ވިދާޅުވި އެވެ.
އެކަމަކު އަންނަ މަހު 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި އިއްބެ ކުޅުމުގެ ފުރުސަތު އެބައޮތެވެ.
އިއްބެ "މިހާރަ"ށް ބުނީ މި ވަގުތު އޭނާ އަށް އެންމެ މުހިއްމު ކަމަކީ އާއިލާއާ އެކު ވީ އެންމެ ގިނަ ވަގުތެއް ހޭދަކުރުން ކަމަށެވެ. އިއްބެ ވަނީ އޭނާގެ އާއިލާ އަށް މި ދިމާވި ހިތްދަތި ހާދިސާގައި ފުޓްބޯޅަ އާއިލާގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި ދިން ހިތްވަރަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފަ އެވެ.
ހަނިމާދޫން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި ލޯންޗް ބަންޑުން ޖަހާލީ ހަނިމާދޫ ކަނޑިންމަ އަށް ވަންނަ އުޅެނިކޮށް ކަމަށެވެ. އާންމުގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން އެތަނަށް ވަދެ ނޫޅެ އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހެދި ޑިންގީ އެ ކަނޑިންމަ އަށް ވަނުމާ އެކު ނެގި ރާޅަކާ އެކު ލޯންޗު ބަންޑުން ޖަހާލީ އެވެ.
އާއިލާ މެމްބަރުންގެ ޖަނާޒާގެ ތެރެއިން އިއްބެ (ވ). -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިއްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ޑިސިޕްލިން ރަނގަޅު، މަސައްކަތުގެ ރޭޓް އެހާމެ ރަނގަޅު އިއްބެ އަކީ ރާއްޖޭން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޮޅަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވިދާލީ 2015-2018 އަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރެވެ. މި އަހަރު މާޒިޔާ އަށް ބަދަލުވުމަށް ފަހު ވެސް އިއްބެ އަންނަނީ އޭނާގެ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ.
ޖަވާ ވިދާޅުވީ ގައުމީ ޓީމުގެ ހިމެނޭ ހުރިހާ ކުޅުންތެރިންނާއި އެފްއޭއެމާއި ފުޓްބޯޅަ އާއިލާ ވެސް އޮތީ އިއްބެއާ އެކުގައި ކަމަށެވެ. އަދި ގުއާމް މެޗު އިއްބެއަށް ޓަކައި ވެސް ކާމިޔާބު ކުރަން ޓީމުގެ ކުޅުންތެރިން ބޭނުންވާ ކަމަށް ޖަވާ ވިދާޅުވި އެވެ.
ލަންކާގައި ގައުމީ ޓީމު ކޭމްޕް ޖެހީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ދިއުމަށް ވިސާ ނެގުމަށެވެ. ޔޫއެސް ވިސާ ނަގަން ދިގު މުއްދަތެއް ނަގާތީ ގައުމީ ޓީމުގެ ތަމްރީންތައް ލަންކާގައި ކުރިއަށްގެންދަން ނިންމީ އެވެ. ޓީމުގެ ގިނަ ކުޅުންތެރިންތައް ގުއާމަށް ދާން ރޭ ފުރާފައިވާއިރު، ވިސާ ހަމަނުޖެހޭތީ އަދިވެސް ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ނުފުރެ އެވެ.
ގުއާމް މެޗަށް ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި ނުހިމެނެނީ އިއްބެގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ހަަސަން ތޮލާލް (ތޮލާ)ގެ އިތުރުން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. މި ފަހަރުގެ ސްކޮޑުން އަލަށް ފުރުސަތު ލިބުނު ޒުވާން ކުޅުންތެރިންނަށް ބަލާއިރު ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ށ. ފޯކައިދޫގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) ހިމެނެ އެވެ.
ގައުމީ ޓީމުގެ ސްކޮޑުގައި މި ފަަހަރު ވެސް އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު އެހެން ކުޅުންތެރިން ނުހިމެނޭތީ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓްގެ ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަމިއްލަ ސަބަބަކާ ހުރެ މި ފަހަރު ޓީމުގައި އީގަލްސްގެ ދެ ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި އަހުމަދު ރިޒުވާން (ރިޒޭ) ނުހިމެނެ އެވެ.
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު