Roadha Mihaaru
ފޭސްބުކްގެ ޗެޓް އެޕެއް އުފައްދަނީ

"ތްރެޑްސް"ގެ ނަމުގައި ފޭސްބުކްގެ ޗެޓް އެޕެއް އުފައްދަނީ

28 އޯގަސްޓް 2019

ފޭސްބުކުން އަނެއްކާ ވެސް ޗެޓް އެޕެއް އުފައްދަނީ އެވެ. ނަމަކީ "ތްރެޑްސް" އެވެ. ބޭނުމަކީ "ސްނެޕްޗެޓް" އާ ވާދަކުރުމެވެ. މި އެޕްލިކޭޝަނުން ކުރެވޭ ހުރިހާ ބޭނުމެއްހެން، މި ޒާތުގެ އެހެން އެޕްލިކޭޝަންތަކުން ވެސް ކުރެވެ އެވެ. ތަފާތަކީ ފޭސްބުކުން އުފައްދާ އެޕަކަށް ވެފައި، އެ ކުންފުނީގެ އެހެން އެޕްލިކޭޝަންތަކާ ތިމާގެ ވުމެވެ. "އިންސްޓަގްރާމް"އާ ވަރަށް ގާތްކޮށް މަސައްކަތްކުރާ އެޕްލިކޭޝަނަކަށް ވުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"ތްރެޑްސް" މަސައްކަތްކުރުމަށްޓަކައި އިންސްޓާގްރާމް ތެރެ އަށް ވަދެގަނެ އެވެ. އެކުވެރިން ހޯދަނީ އެ މައިދާނުންނެވެ. އިންސްޓާގްރާމްގައި، އެ މީހަކާ އެކު އުޅޭ މީހުންނަށް ވާނުވާ އަންގައިދީ ހަދަ އެވެ. އާ ޕޯސްޓްތަކާ ބެހޭ ގޮތުން "ތްރެޑްސް"ގެ ތެރެއިން ވާހަކަދެއްކުމަށް މަގުފަހިކޮށްދެ އެވެ.

މިއީ އުފެއްދުމުގެ މަރުހަލާގައި އުޅޭ އެޕްލިކޭޝަނެއް ނަމަވެސް، މި އެޕާ ބެހޭ ގޮތުން މައުލޫމާތު ދޭކަށް ފޭސްބުކުން ބޭނުމެއް ނުވެ އެވެ. "ދި ވާޖް"ން ރިޕޯޓްކޮށްފައި ވަނީ ވަރަށް ކުޑަކޮށެވެ.

ރިޕޯޓްތަކުން އެނގޭ ގޮތުގައި، "ތްރެޑްސް" އާ ބެހޭ ގޮތުން ފޭސްބުކުން ވާހަކަދައްކަން ބޭނުންނުވަނީ، މި ޕްރޮޖެކްޓާ މެދު ޔަގީންކަން ނެތުމުންނެވެ. މާނަ އަކީ މިއީ ވައިގައި ހިފައިފާނެ އެޕްލިކޭޝަނަކާ މެދު އަދި ވެސް ޔަގީންކަން ނެތުމެވެ. މި އެޕުން ބޭނުމެއް ހިފޭތޯ ބެލުމަށްޓަކައި، ކުންފުނި ތެރޭގައި ޓެސްޓްކުރަމުން އަންނަ ވާހަކަ ވެސް އަޑުއިވެ އެވެ. އެހެންކަމުން، އާންމުންނަށް ބޭނުންކުރެވޭ ފަށަށް މި އެޕްލިކޭޝަން ގެނެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.