Roadha Mihaaru
ފެންކުޅީގައި ދެ މީހެއްގެ ކަންފަތު ތޫރި ފެޅުނު

އީދު ފެންކުޅީގައި ދެ މީހެއްގެ ކަންފަތު ތޫރި ފެޅިގެން ފަރުވާ ހޯދައިފި

18 ސެޕްޓެމްބަރ 2016

އީދު ބަންދުގައި މަޖާ ނެގި އެތައް ހާސް ބައެއްގެ ސިފަ ގެއްލިފައިވާކަން މިއަދު އެނގޭނެ އެވެ. ލިބުނު ބޮޑު ބަންދުގައި އެއްބަޔަކު ރަށުން ބޭރަށް ގޮސް ގިނަ ވަގުތު ހޭދަކުރީ މޫދުގަ އެވެ. އަނެއް ބަޔަކު އެކި ކުޅިވަރުތަކުގަ އެވެ. މި ސަކަރާތުގައި އެއްބަޔަކަށް ލިބުނީ ބޮޑެތި އަނިޔާ އެވެ. އަވިން ގައިގެ ހަންގަނޑު އެނދުމާއި ތަންތަނަށް ތަދުވެ ހަލާކުވުން ފަދަ އެތައް ކަމެކެވެ. އަނެއް ބަޔަކު އީދުގެ މަޖާ ހަނދާން ހުންނާނީ ޖެހި ފެނާއި ކުލަތަކުންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އީއެންޓީ ޑޮކްޓަރު މައުރޫފް ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އީދުގައި ފެން ކުޅި ކުޅުމުގެ ތެރޭގައި ކަންފަތްމަތީ ފެން ޕެކެޓުން ޖެހުމުގެ ސަބަބުން ކަންފަތުގެ ތޫރި ފެޅިފައިވާ ދެ މީހަކާ މިއަދު ދިމާވި އެވެ.

މައުރޫފް ވަނީ، މި އަނިޔާ ލިބުނު މީހަކަށް ލިޔެދެއްވާފައިވާ ބޭސް ސިޓީއެއް ޓުވީޓްގައި ހިމަނުއްވައިފަ އެވެ.

ބޭސް ސިޓީގައިވާ ގޮތުން އެ މީހާގެ ކަނާތް ފަރާތު ކަންފަތުގެ ތޫރި ވަނީ ވަރަށް ބޮޑަށް ފެޅިފަ އެވެ. ބޭސް ބޭނުންކުރުމަށާއި ކަންފަތް ނުތެންމުމަށް ލަފާ ދެއްވައި އަދި މަސްދުވަސް ފަހުން އަލުން ޑޮކްޓަރަށް ދައްކަން ބޭސް ސިޓީގައި ލިޔުއްވާފައިވެ އެވެ.

ޑރ. މައުރޫފްގެ ޓްވީޓް

ކަންފަތު ތޫރި ފަޅައިގެންދާ ސަބަބުތަކުގެ ތެރޭގައި އިންފެކްޝަން އުފެދުމާއި ކަންފަތަށް އެއްޗެއްހި ކޮއްޕުމާއި މާ ގަދަ އަޑުތައް އިވުމާއި ކަންފަތް މަތީ މާ ބާރަށް ޖެހުން ހިމެނޭ ކަމަށް ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ވެބްއެމްޑީގައި ބުނެފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުން ތޫރި ފަޅައިގެން ގޮސްފައިވާ ނަމަ ނޭފަތުގައި ހިފެހެއްޓުމަށް ފަހު ނޭވާލާން ބާރު ލުމުން ކަންފަތުން ވައި ނިކުންނަކަން އިހްސާސްވާނެ އެވެ.

އީދު ކުޅިވަރުތަކުގެ ތެރޭގައި ބައެއް ރަށްރަށުގައި ސަމާސާ ވިހަވެ، އެކި ވަރުގެ ހަމަނުޖެހުންތައް ވެސް ހިނގި އެވެ. މީގެ އިތުރުން، އައްޑު އަތޮޅު މީދޫގައި އީދު މާލި ހަދަން ގައިގައި ކަފަ އޮޅައިގެން ހުއްޓާ، ކައިރީގައި ހުރި ކުއްޖަކު ލައިޓަރެއް އެޅުމުން ރޯވެ 15 އަހަރުގެ ކުއްޖަކު ވަރަށް ބޮޑަށް ފިހިފައިވެ އެވެ.