ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުކުރާ ދެ ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
22 އޯގަސްޓް 2019
ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުކުރާ ދެ ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތަކާ ގުޅޭގޮތުން ރައީސް ލަފަޔަކަށް އެދިވަޑައިގެންފައިވާތީ އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ ކުރިން އޮތްގޮތުން ފަސް ފަނޑިޔާރުންނެވެ. ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސްގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. "ލަފާ ދިނުމާ ގުޅޭ މަސައްކަތްތައް މިއަދު ހަމަ ފަށާނަން. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ޖޭއެސްސީގެ ބައްދަލުވުމަށްފަހު،" ޒަހީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ވަކިކުރި އެޑްމިނިސްޓްރޭޓަރުންގެ މައްސަލަ ސުޕްރީމްކޯޓަށް
ނަޝީދަށް ފެހި "ކޯޓު": އެންމެފަހުން ރަށްމެދު ވީތަ؟
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ތުހުމަތާގުޅޭ ސުވާލެއް ނުކުރޭ: ވަކީލް