15 އޯގަސްޓް 2019
އިސްތަންބޫލް (އޮގަސްޓް 15) – މި ސީޒަނުގައި ކްލަބާ ގުޅި، އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ އަށް އަނިޔާވުމުން ފުރަތަމަ އެގާރައިން ފުރުސަތު ލިބުނު އެޑްރިއަން މަތަކުރި ޕެނަލްޓީއާ އެކު 5-4 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން ޔޫރަޕިއަން ސުޕަ ކަޕް މިރޭ ކާމިޔާބުކޮށްފި އެވެ.
އިސްތަންބޫލް (އޮގަސްޓް 15) – މި ސީޒަނުގައި ކްލަބާ ގުޅި، އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ އަށް އަނިޔާވުމުން ފުރަތަމަ އެގާރައިން ފުރުސަތު ލިބުނު އެޑްރިއަން މަތަކުރި ޕެނަލްޓީއާ އެކު 5-4 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން ޔޫރަޕިއަން ސުޕަ ކަޕް މިރޭ ކާމިޔާބުކޮށްފި އެވެ.
ލިވަޕޫލުން މީގެ 14 އަހަރު ކުރިން އޭސީ މިލާން ފަހަތުން އަރައި ޕެނަލްޓީން ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ތުރުކީގެ އިސްތަންބޫލުގައި މިރޭ އެ ޓީމުން ޔޫރަޕުގެ ސީޒަން ހުޅުވާ މެޗަށް ނުކުތީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. އެކަމަކު ދެ ވަނަ ފަންތީގެ ޔުރޮޕާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކުރި ޗެލްސީން ވަނީ މިރޭ ލިވަޕޫލަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. އަމުދުން ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މި ހަފުތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 4-0 އިން ބަލިވި މެޗާ ބަލާއިރު، ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑުގެ ކޯޗުކޮށްދޭ ޗެލްސީން މާ ރަނގަޅަށް ވެސް ކުޅުނެވެ.
އެ ޓީމުން 36 ވަނަ މިނެޓުގައި ލީޑު ނެގީ އަލަށް ގުޅުނު އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުން އޮލިވާ ޖިރޫ އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައި ތިން ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. އެގޮތުގައި އޮވެ ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ވެސް މާނޭ އެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޖޯޖީނިއޯ ވަނީ ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. އެހެންވެ ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.
ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން (ކ) އާއި ވާޖިލް ވެން ޑައިކް (މ) އަދި ޖޯ ގޯމޭޒް އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ޝޫޓްއައުޓުގައި ލިވަޕޫލުގެ ފަސް ޕެނަލްޓީ ރޮބާޓޯ ފިރްމީނިއޯ، ފަބީނިއޯ، ޑިވޮކް އޮރީގީ، ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް އަދި މުހައްމަދު ސަލާހު ކާމިޔާބުކުރި އެވެ. މީގެ ތެރެއިން އޮރީގީ އާއި އާނޯލްޑްގެ ޕެނަލްޓީ މަތަކުރުމާ ވަރަށް ގާތަށް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ދިޔަ އެވެ. ޗެލްސީގެ ފުރަތަމަ ހަތަރު ޕެނަލްޓީ ޖޯޖީނިއޯ، ރޮސް ބާކްލޭ، މޭސަން މައުންޓް އަދި އެމަސަން ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެކަމަކު ފަސް ވަނަ ޕެނަލްޓީ ޓެމީ އަބްރަހަމް ޖެހުމުން ލިވަޕޫލުގެ އެޑްރިއަން މަތަކުރުމުން އެ ޓީމު މޮޅުވީ އެވެ. ގޯލުގެ މެދަށް އަބްރަހަމް އަމާޒުކުރި ބޯޅަ އެޑްރިއެން މަތަކުރީ ފައިންނެވެ.
މި މޮޅާ އެކު ލިވަޕޫލް މިވަނީ ސުޕަ ކަޕް ހަތަރު ވަނަ ފަހަރަށް ކާމިޔާބުކޮށް ޔޫރަޕް ފުޓްބޯޅައިގެ ރަސްގެފާނު ރެއާލް މެޑްރިޑާ ތަށީގެ ގޮތުން ހަމަހަމޮށްފަ އެވެ. މި ތަށި އެންމެ ގިނައިން ކާމިޔާބުކުރީ ފަސް ފަހަރު ހޯދި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ އޭސީ މިލާނުންނެވެ. ލިވަޕޫލާއި މެޑްރިޑުގެ ފަހަތުގައި އޮތީ ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑެވެ.
ޗެލްސީ ފަސޭހަކޮށް ނުނަގާނަން: ކްލޮޕް
ޔުއެފާ ސުޕަ ކަޕް މެޗަށް އަންހެން ރެފްރީ އެއް
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ކްލޮޕްގެ ވަދާއީ ލީގުކަޕު ޗެލްސީ ރޮއްވާލައި ތަށިނަގައިފި
ލިވަޕޫލުން ޗެލްސީ އަށް ފެންވަރު ދައްކާލައިފި
ޗެލްސީއާ ދެކޮޅަށް ވެމްބްލީގައި ކުޅޭނީ ލިވަޕޫލް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
އާނޯލްޑްގެ ވަރުގަދަކަން ފަހުވަގުތު ދައްކާލައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް