Roadha Mihaaru
ރ. އަތޮޅު ތައުލީމީ މަރުކަޒުން 1ވަނަ އިޔާން، މާއިން

ރ. އަތޮޅު ތައުލީމީ މަރުކަޒުން އެއް ވަނަ އިޔާން އަދި މާއިނަށް

05 އޯގަސްޓް 2019

ރ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް މާއިން ރަޝީދާއި އިޔާން އަޒީޒް ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް މާއިން ރަޝީދާއި އިޔާން އަޒީޒް ހޮވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އެ އަތޮޅު މީދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު އިޔާން އަދި މާއިން، އެ ދެ ދަރިވަރުންގެ ބެލެނިވެރިންނާއި ޝަރަފުވެރިމެހެމާން އަދި ޕްރިންސިޕަލާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

ސާނަވީ ބައިން އެއްވަނަ ހޯދި އިޔާން ވަނީ ހަ މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ އަދި ބީއެއް ހޯދައިފަ އެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހަކުން ހަތަރު ވަނަ ހޯދައިފަ އެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

މަތީ ސާނަވީ އިން އެއްވަނަ ހޯދި މާއިން ވަނީ ގައުމީ ގަދަ ދިހަކުން ހަ ވަނަ ހޯދައިފަ އެވެ. އޭނާއަށް ތިން މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ އަދި ބީއެއް ލިބިފައި ވެ އެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި، އެ ރަށު ކައުންސިލްގެ ރައީސް އަފީފް  ދަރިިވަރަކަށް ތައްޓެއް ހަވާލުކޮށްދެއްވަނީ،.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި، އެ ރަށު ކައުންސިލްގެ ރައީސް އަފީފް ދަރިިވަރަކަށް ތައްޓެއް ހަވާލުކޮށްދެއްވަނީ،.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އިމްތިހާނުން ދަރިވަރުން ހޯދާ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މިިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 93 ޕަސެންޓުގައި ހުރިއިރު އޭ ލެވެލްގައި 86 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް، އެ ސްކޫލުގެ ޕްރިންސިޕަލް އެވޯޑު ހަވާލުކޮށްދެއްވަނީ،.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

ރ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް، އެ ސްކޫލުގެ ޕްރިންސިޕަލް އެވޯޑު ހަވާލުކޮށްދެއްވަނީ،.-- ފޮޓޯ: ރ. އަތޮޅުު ތައުލީމީ މަރުކަޒު

މިދިޔަ އަހަރު ހަތަރު ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި ދެ ދަރިވަރުން ހިމެނިފައި ވެ އެވެ.