Roadha Mihaaru
އަހުމަދިއްޔާގެ އެންމެމޮޅު ދަރިވަރުން: ރަސަލް އާއި ސާނީ

އަހުމަދިއްޔާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރަސަލް އާއި ސާނީ

13 އޮކްޓޯބަރ 2019

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރަސަލް ތަސްލީމް އާއި ހުސެއިން ސާނީ ރޭ ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރަސަލް ތަސްލީމް އާއި ހުސެއިން ސާނީ ރޭ ހޮވައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ސާނަވީ ބައިން އެއްވަނަ ހޯދި ރަސަލް އަދި މަތީ ސާނަވީ އިން އެންމެ މޮޅު ދަރިވަރަކަށް ހޮވި ސާނީ އަށް އެވޯޑުތައް ހަވާލުކޮށްދެއްވީ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު މަތީ ސާނަވީ ބައިން ހުރިހާ ގޮތަކުުން އެންމެ މޮޅު ދަރިވަރަަކަށް ހޮވި ސާނީ (މ) އާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދާއި އެ ސްކޫލުގެ ޕްރިންސިޕަލް ރަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަސަލް ވަނީ ރާއްޖޭގެ ގައުމީ ގަދަ 10ގައި ތިން ވަނަ ހޯދައިފަ އެވެ. މިދިޔަ އަހަރު ސީނިއާ ޕްރިފެކްޓަކަށް އުޅުނު އެ ދަރިވަރު ވަނީ އިކޮނޮމިކްސް އާއި ބިޒްނަސް އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދައިފަ އެވެ. އަދި އެކައުންޓިން އިން ރާއްޖެއިން އެއްވަނަ ހޯދާފައި ވެ އެވެ.

އޭނާއަކީ މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ދެ މާއްދާއިން ދުނިޔެއިން އެއް ވަނަ ހޯދި ހަމައެކަނި ދަރިވަރެވެ.

އަހުމަދިއްޔާ ސްކޫލުން މިދިިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް، މެޑިކަލް ސްކޫލުގެ ޑީން، ޑރ. ޝީޒާ އެވޯޑު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދިއްޔާ ސްކޫލުން މިދިިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް، މެޑިކަލް ސްކޫލުގެ ޑީން، ޑރ. ޝީޒާ އެވޯޑު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ގަދަ 10ގައި ހަތަރު ވަނަ ހޯދި ސާނީ ވަނީ އެކައުޓިން އިން ދުނިޔެއިން އެއް ވަނަ ވެސް ހޯދައިފަ އެވެ.

އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ 2017 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ދަރިވަރުން ހޯދި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން އޯ ލެވެލްގެ ގައުމީ ގަދަ 10ގައި އެ ސްކޫލްގެ 42 ދަރިވަރުން ހިމެނުނުއިރު ފަސް މާއްދާއަކުން ތިން ދަރިވަރަކު ވަނީ ދުނިޔޭގެ އެކި ވަނަތައް ހޯދައިފަ އެވެ.

އަހުމަދިއްޔާ ސްކޫލުން މިދިިޔަ އަހަރު ވަނަ ހޯދި ދަރިވަރުންތަކެއް އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިިގެން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދިއްޔާ ސްކޫލުން މިދިިޔަ އަހަރު ވަނަ ހޯދި ދަރިވަރުންތަކެއް އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިިގެން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭ ލެވެލްގެ ގައުމީ ގަދަ 10ގައި އެ ސްކޫލުގެ 27 ދަރިވަރުް ހިމެނުނުއިރު ހަތަރު ދަރިވަރަކު ވަނީ ތިން މާއްދާއަކުން ދުނިޔޭގެ ވަނަތައް ހޯދައިފަ އެވެ.

އޯ ލެވެލް އިމްތިހާނުގައި އެއް ސްކޫލަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވީ އަހުމަދިއްޔާއިންނެވެ. އެއީ 204 ދަރިވަރުންނެވެ. އެ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 94 ޕަސެންޓުގަ އެވެ. އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ އަދަދު 274 އަށް އަރާއިރު، އެ ދަރިވަރުން ވެސް ރަނގަޅު ކާމިޔާބެއް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.