01 އޯގަސްޓް 2019
މެންޗެސްޓާ (އޮގަސްޓް 1) - މެންޗެސްޓާ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ހޯދަން ޔުވެންޓަސް އިން ކުރާ މަސައްކަތުގެ ތެރޭގައި އެ ޓީމުގެ ޕައޮލޯ ޑިބާލާ ޔުނައިޓެޑާ ގުޅެން ބޮޑު މުސާރަ އަކަށް ޑިމާންޑުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓާ (އޮގަސްޓް 1) - މެންޗެސްޓާ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ހޯދަން ޔުވެންޓަސް އިން ކުރާ މަސައްކަތުގެ ތެރޭގައި އެ ޓީމުގެ ޕައޮލޯ ޑިބާލާ ޔުނައިޓެޑާ ގުޅެން ބޮޑު މުސާރަ އަކަށް ޑިމާންޑުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ވިސްނުން ހުރީ ލުކާކޫ ހޯދަން 15 މިލިއަން ޑޮލަރުގެ އިތުރުން ޑިބާލާ އާއި މާރިއޯ މަންޑްޒުކިޗް ހުށަހަޅާށެވެ. މައްސަލަ އަކަށް ދިމާވާނެ ކަމަށް ކުރިން ބެލެވިފައި އޮތީ ޑިބާލާ ޔުނައިޓެޑަށް ބަދަލުވާން ބޭނުންނުވުމެވެ. އެއީ ދާދި ފަހުން ޓޮޓެންހަމުން ވެސް ޑިބާލާ ހޯދަން މަސައްކަތްކުރިއިރު، އޭނާ އޭރު ބުނީ ކްލަބް ބަދަލުކުރަން އަދި ބޭނުންނުވާ ކަމަށާއި ވިސްނުން ހުރީ ޔުވެންޓަސްގައި މަޑުކޮށް ޖާގަ އަކަށް ވާދަކުރުމަށް ކަމަށް ބުނެފަ އެވެ. އެކަމަކު ޔުނައިޓެޑަށް ބަދަލުވެވޭނެ ފުރުސަތު އޮތުމުން ޑިބާލާ އަންނަނީ އޭނާގެ އޭޖެންޓް މެދުވެރިކޮށް އެ ޑީލާ މެދު ގޮތެއް ނިންމަން މަޝްވަރާކުރަމުންނެވެ.
ޑިބާލާ އާއި ލުކާކޫ ބަދަލުކުރަން ޔުނައިޓެޑާއި ޔުވެންޓަސް އެއްބަސްވުމަކަށް އައިސްފައިވާއިރު، މިހާރު އެ ޑީލުގައި އެއްބަސްވުމަކަށް ނާދެވި އޮތީ ދެ ޓީމުން އެ ކުޅުންތެރިއަކަށް ދޭ މުސާރައަކާ މެދު އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑަށް ސޮއިކުރަން ހަފްތާ އަކު 350،000 ޕައުންޑުގެ މުސާރައަކަށް ޑިބާލާ ޑިމާންޑްކުރާނެ އެވެ. މި ވަގުތު ޑިބާލާ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު 6.5 މިލިއަން ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ ޔުނައިޓެޑާ ގުޅެން ބޭނުންވަނީ ބޯނަސްތަކާ އެކު އަހަރަކު 9.2 މިލިއަން ޕައުންޑަށެވެ.
ޔުނައިޓެޑުގައި މި ވަގުތު އެންމެ ބޮޑު މުސާރައެއް ލިބޭ ގޮތަށް ހުރީ އަލެކްސިސް ސަންޗޭޒް އެވެ. އޭނާ އަށް ހަފްތާ އަކު ބޯނަސްތަކާ އެކު 500،000 ޕައުންޑް ލިބެ އެވެ. މި ވަގުތު ޔުނައިޓެޑުން އަންނަނީ ޕޮގްބާ އާއި ޑެހެއާގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތްކުރަމުންނެވެ. އެ ދެ ކުޅުންތެރިންނަށް ވެސް ޔުނައިޓެޑުން ހުށަހަޅާފައިވަނީ ޑިބާލާ ޑިމާންޑްކޮށްފައިވާ ވަރުގެ މުސާރައެކެވެ.
މީގެ ކުރިން ލުކާކޫ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ މިލާނުންނެވެ. އިންޓަ އިން ލުކާކޫ ހޯދަން މައުރޯ އިކާޑީ ހުށަހެޅި ނަމަވެސް ޔުނައިޓެޑުން އެ ޑީލާ މެދު އެއްބަހެއްނުވި އެވެ. އިންޓަ އަށް ލުކާކޫ ދޫކޮށްލަން ޔުނައިޓެޑުން ޑިމާންޑްކުރީ 93 މިލިއަން ޑޮލަރެވެ. އެކަމަކު އެ އަގު އިންޓަ އަށް ބޮޑުވުމުން އެ ޑީލް ކުރިއަށް ނުދިޔަ އެވެ.
ޔުނައިޓެޑުން އަންނަނީ ލެސްޓާ ސިޓީގެ ހެރީ މެގުއާ އާއި ސްޕޯޓިން ލިޒްބަންގެ ބްރޫނޯ ފެނާންޑޭޒް އަދި ލާޒިއޯގެ މިލިންކޮވިޗް ސަވިޗް ގެންނަން ވެސް ވާހަކަ ދައްކަމުންނެވެ. މެގުއާ ވިއްކާލަން ލެސްޓާ އިން ކިޔާ އަގުބޮޑުވުމުން ޔުނައިޓެޑުން ވަނީ އެ ޑީލް މަޑުޖައްސާލައިފަ އެވެ. ބްރޫނޯ ފެނާންޑޭޒާއި ސަވިޗް ގެނައުން ބަރޯސާވަނީ ޕޮގްބާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަވިޗާއި ބްރޫނޯ ފެނާންޑޭޒް ގަނެވެން އޮތީ ރެއާލް މެޑްރިޑަށް ޕޮގްބާ ވިއްކާލުމަށް ފަހު އެވެ.
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް
ކެޕްޓަނުން އަމިއްލަ ދަނޑުގައި ކުޅުނު ފަހުމެޗު އެއްވަރު
ޑިބާލާ މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަނީ
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު
އަގު ބޮޑު ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައީ ކުޑަ އަގަކަށް