Roadha Mihaaru
އެންދަމަން ފޭބި މީހަކު މަރުވެއްޖެ

އެންދަމަން ފޭބި މީހަކު މަރުވެއްޖެ

29 ޖުލައި 2019

ގދ. ކޮނޮއްޓޯ ކައިރީގައި އޮންނަ ތިލަޔަކަށް މިއަދު ހަވީރު އެންދަމަން ފޭބި މީހަކު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގދ. ކޮނޮއްޓޯ ކައިރީގައި އޮންނަ ތިލަޔަކަށް މިއަދު ހަވީރު އެންދަމަން ފޭބި މީހަކު މަރުވެއްޖެ އެވެ.

މަރުވެފައި އޮއްވައި ފެނުނީ އައްޑޫ ހިތަދޫ ވައިލެޓްވާދީ ހުސައިން ޒިޔާދު 45، އެވެ.

ފުލުހުން ބުނީ މަސް ދޯންޏެއްގެ ކެޕްޓަނަކަށް އުޅުނު ޒިޔާދު ފުޅި އަޅައިގެން އެންދަމަން ހަވީރު 4:30 ހާއިރު މޫދަށް ފޭބި ގޮތަށް ޚަބަރެއް ނުވެގެން ދޯނީގައި ތިބި ދެ މީހުން އޭނާ ހޯދުމަށް މޫދަށް ފޭބި ކަމަށެވެ. އަދި ޒިޔާދު މޫދު އަޑީގައި ހޭނެތިފައި އޮއްވައި ފެނުމުން އޭނާ ނަގައިގެން އިރުއޮއްސި 6:00 ހާއިރު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނަށް ގެންދިޔަ އިރު ވެސް ޒިޔާދު މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޒިޔާދުގެ ހަށިގަނޑު އައްޑު އަށް ގެންދިއުމުގެ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.

ފުލުހުން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.