Roadha Mihaaru
ޑައިވިނަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ

ޑައިވިނަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ

16 ޖެނުއަރީ 2020

ގދ. ތިނަދޫ ބޭރުމައްޗަށް ޑައިވިނަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.

ގދ. ތިނަދޫ ބޭރުމައްޗަށް ޑައިވިނަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.

މަރުވީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުވި މީހަކީ ތިނަދޫ އުތުރު ފަރާތު ފަރު ބޭރަށް ޑައިވްކޮށްގެން ކުދި މަސް ނަގަން ގޮސް އުޅުނު މީހެއް ކަމަށެވެ. ހާލުދެރަވެގެން އޭނާ ތިނަދޫގައި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިއަދު 2:15 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.