06 ޖޫން 2024
ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ޗައިނާގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ޗައިނާގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
އެއީ އެ ރަށުގެ ޑައިވިން ސެންޓަރެއްގެ ހަވާލުގައި ޑައިވިން އަށް ދިޔަ 70 އަހަރުގެ ފިރިހެނެކެވެ.
ފުވައްމުލަކު މީހަކު ބުނީ އެ މީހާ ޑައިވިން ނިންމައި މައްޗަށް އަރައި ދޯނީގައި ހުއްޓައި ކުއްލިއަކަށް ހޭނެތިގެން ކަނޑަށް ވެއްޓުނީ ކަމަށެވެ. އެ މީހާ ދޯންޏަށް ނެގި އިރު އޮތީ ޚަަބަރު ހުސްވެފައި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ރަށަށް ގެނައިރު ވެސް އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.
ފުލުހުން ބުނީ ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ޓޫރިސްޓަކު ޑައިވިން ނިންމައި ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު މެންދުރު 11:26 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
ޑައިވިނަށް ދިޔަ ޗައިނާ ޓޫރިސްޓަކު މަރުވެއްޖެ
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި
ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޗައިނާގެ ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންއައި ޓޫރިސްޓަކު މަރުވެއްޖެ
ހަނީމޫނަށް ރާއްޖެއަށް ކުރި ދަތުރުގައި ގެނބިގެން މަރު
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް