Roadha Mihaaru
ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ޅ. އަތޮޅު ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

06 ޖޫން 2022

ޅ. އަތޮޅުގައި ހިންގާ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޅ. އަތޮޅުގައި ހިންގާ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ، އެ ރިސޯޓެއްގެ މޫދު ކައިރީގައި ވެއްޓިފައި އޮތް ޓޫރިސްޓަކު މިއަދު ހަވީރު 4:40 ހާއިރު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ 32 އަހަރުގެ ޗައިނާގެ އަންހެނެކެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.

އެ ޓޫރިސްޓް މީހާ ރާއްޖެ އަށް ޗުއްޓި ހޭދަކުރަން އައީ ފިރިމީހާއާއެކުގަ އެވެ.