Roadha Mihaaru
ޗައިނާގެ ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޗައިނާގެ ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

07 ޖެނުއަރީ 2018

އއ. ކުރަމަތި ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފައި އޮއްވާ މިއަދު ހަވީރު ފެނިއްޖެ އެވެ.

އއ. ކުރަމަތި ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފައި އޮއްވާ މިއަދު ހަވީރު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 29 އަހަރުގެ އެ ފިރިހެންމީހާ މަރުވެފައި އޮއްވާ ފެނުނު ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 5:15 ހާއިރު ކަމަށެވެ.

"މިހާރު ވެސް ފުލުހުން އެ ރިސޯޓުގައި އެބަ ހަރަކާތްތެރިވޭ. މި ހާދިސާ ހިނގި ގޮތް މިދަނީ ބަލަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ޗުއްޓީ ހޭދަކުރުމަށް އަންނައިރު، އޭގެ ތެރެއިން ފަތަން ނޭނގުމުންނާއި ތަފާތު އެކި ހާދިސާތަކުގައި މަރުވާ މީހުން ގިނަކަން ފަހަކަށް އައިސް ފާހަގަކުރެވެ އެވެ.