Roadha Mihaaru
މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ

25 ފަޅުވެރިންނާ އެކު މަހަށް ނުކުމެ އުޅުނު މަސްދޯންޏެއް މެދުން ބިންދައިގެން ހިނގައްޖެ

03 ޖުލައި 2021

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މެދުން މިއަދު ބިންދައިގެން ހިނގައްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މެދުން މިއަދު ބިންދައިގެން ހިނގައްޖެ އެވެ.

އައްޑޫ ހިތަދޫ "މޯހިރި" ދޯނި ދުއްވަމުން ދަނިކޮށް، ދޯނީގެ މެދުން ކުއްލި ގޮތަކަށް ބިންދައިގެން ދިޔައިރު އޭގައި 25 ފަޅުވެރިއަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ދޯނި މެދުން ބިންދައިގެން ދިޔަ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:11 ގައި ކަމަށެވެ. ގއ. ދެއްވަދޫގެ އުތުރުން 8.9 ނޮޓިކަލް މޭލު ދުރުން ދަތުރުކުރަމުން ދަނިކޮށް، ދޯނީގެ މެދުން ބިންދައިގެން ދިޔަ ކަމުގެ ރިޕޯޓް ލިބުމާ އެކު ސިފައިންގެ ސަދަން އޭރިއާގެ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.

މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.

މި ދޯނީގެ ފަޅުވެރިއަކު "މިހާރު" އަށް ބުނީ މި ހާދިސާ ހިނގީ، އެންދަމައި ނިންމައިގެން ކައިރީގައި އޮތް ރަށަކަށް ދަނިކޮށް، ހެނދުނު ހަތެއް ޖަހާކަންހާއިރު ކަމަށެވެ. ދޯނި ބިންދައިގެން ދިޔައީ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ނެގި ބޮޑު ރާޅެއް ދޯނި މައްޗަށް ބީއްސާލި ފަހުން ކަމަށް އޭނާ ބުންޏެވެ.

"އެމްއެންޑީއެފުން އައީ ދެންމެ. މީގެ 20 މިނެޓް ކުރިން. ފަންސަވީސް ފަޅުވެރިން ސަލާމަތްކުރަން އައީ ކުޑަކުޑަ ގޯސްޓް ގާޑް ލޯންޗެއް. އޭގެ ކުރިން މިތާ ކައިރީގައި އުޅުނު އެހެން ދޯނިތައް އައިސް އެހީވާން ފަށައިފި،" އެ ފަޅުވެރިޔާ ބުންޏެވެ.

މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.

މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.

އޭނާ ބުނިގޮތުގައި، "މޯހިރި" ދޯނި ކައިރި އަށް އެންމެ ފުރަތަމަ ދިޔައީ ގއ .ކޫއްޑޫގެ "ޑެއިޒީ ވިއު" ދޯންޏެވެ. އެކަމަކު، ފަހުން އިތުރު ދޯންޏެއް ވެސް ގޮސް، ކަފު ޖަހައިގެން "މޯހިރި" ދޯނީގެ ދެ ބައި ގެންދަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ފަޅުވެރިޔާ ބުންޏެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި ފައިބަރު ދޯނީގެ ގެގަނޑު އިންނަ ހިސާބުން ވަނީ ދޯނި ދެބުރި ވެފަ އެވެ.