29 ޖުލައި 2019
އައްޑޫގައި ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒަކަށް އާސަންދައިގެ "ވިނަވި" ޕޯޓަލް ތައާރަފު ކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތަކަށް އެ ކުންފުނީގެ ޚާއްސަ ޓީމެއް އެ ސިޓީ އަށް ހިނގައްޖެ އެވެ.
އައްޑޫގައި ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒަކަށް އާސަންދައިގެ "ވިނަވި" ޕޯޓަލް ތައާރަފު ކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތަކަށް އެ ކުންފުނީގެ ޚާއްސަ ޓީމެއް އެ ސިޓީ އަށް ހިނގައްޖެ އެވެ.
"ވިނަވި" ޕޯޓަލް އަކީ އާސަންދަ ސްކީމުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާސަންދަ ކުންފުނިން ޑިޒައިން ކޮށްފައިވާ ޕޯޓަލެކެވެ. މި ޕޯޓަލް މެދުވެރިކޮށް، އާންމުންނަށް ލުއި ފަސޭހަކަމާ އެކު އާސަންދަ ސްކީމުގެ ޚިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
އެގޮތުން، ބަލިމީހާ ޑޮކްޓަރަށް ދެއްކުމަށް މެމޯ ހައްދާ ހިސާބުން ފެށިގެން ބަލިމީހާގެ ފަރުވާ ނިމެންދެން ދެވޭ ހިދުމަތްތަކުގެ މައުލޫމާތުތައް މި ޕޯޓަލް އިން ލިބޭނެ އެވެ. އަދި "ވިނަވި ކަސްޓަމާ" ޕޯޓަލް މެދުވެރިކޮށް، ފަރުވާއާ ބެހޭ މައުލޫމާތު ބަލިމީހާ އަމިއްލަ އަށް ވެސް ބަލައިލެވޭނެ އެވެ.
އާސަންދަ ޓީމުގެ ދަތުރު ނިމުމުން، އައްޑޫގައި ސަރުކާރުން ހިންގާ ސިއްހީ މަރުކަޒުތަކުން ވިނަވި ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެ އެވެ.
އާސަންދަ ޓީމުން އިއްޔެ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އަދި ހުޅުމީދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ވެސް ޕޯޓަލްގެ މައުލޫމާތު ދީފައި ވެ އެވެ. އެ ޓީމުން ފޭދޫ ސިއްހީ މަރުކަޒާއި މަރުދޫ ސިއްހީ މަރުކަޒާއި އައްޑޫ ދަމަނަވެށީގެ މުވައްޒަފުންނާ މިއަދު ބައްދަލުކޮށް، ޕޯޓަލްގެ މައުލޫމާތު ދޭނެ އެވެ.
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު